ރަސްމީ ސްޓޭޖުގެ ތިރީބައި ފޭލިން ދޫކޮށްލައިފި

ސްޓޭޖުގެ ތިރީބަޔާ އޭދަފުށީ ކައުންސިލުން މިއަދު ހަވާލުވަނީ. ފޮޓޯ: ފޭލި

ފޭލި ޖަމްއިއްޔާއާއި އޭދަފުށި ކައުންސިލް އިދާރާ އާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ފޭލި ޖަމްއިއްޔާއިން ބޭނުންކުރަމުން ގެންދިޔަ، އޭދަފުށީ އުތުރުފަރާތުގައި ހަދާފައި ހުރި ސްޓޭޖްގެ ތިރީބައި ދޫކޮށްލައި އެތަން އޭދަފުށީ ކައުންސިލަށް ހަވާލުކޮށްފި އެވެ.

ފޭލި ޖަމްއިއްޔާއިން ބުނީ މިތަން އޭދަފުށީ ކައުންސިލަށް ހަވާލުކުރީ އެތަން ބޭނުންވެގެން ރައްޔިތުންގެ ތެރެއިން ބަޔަކު ތަކުރާރުކޮށް ކައުންސިލްގައި އެދެމުން ގެންދާތީވެ، އޭދަފުށީ ކައުންސިލުން ވެސް އެކަމަށް އެދިލައްވާފައިވުމުން ރައްޔިތުންގެ ބޭނުންތަކާއި ރައްޔިތުންގެ މަސްލަހަތު ކުރިއެރުވުމަށް އިސްކަންދިނުމުގެގޮތުން ކަމަށެވެ.

ސްޓޭޖްގެ މި ބަޔާ އޭދަފުށި ކައުންސިލުން ހަވާލުވެލެއްވީ މިއަދު މެންދުރުފަހު ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާނެވެ.

އެތަނާ ހަވާލުވެލެއްވުމަށްފަހު ތޮލާލް ވިދާޅުވީ މިތަން ހޯދުމަށް ފޭލި ޖަމްއިއްޔާގައި އެދުނީ މިކަމަށް އެދި ގިނަ ރައްޔިތުން ކައުންސިލުގައި އެދެމުންދާތީ އާއި މި ތަން ހަވާލުކުރުމަށް ފޭލިން ވެސް ތައްޔާރަށް އޮތްކަން އެނގިލައްވާފައިިވާތީ ކަމަށެވެ. މިކަމުގައި ފޭލި ޖަމްއިއްޔާއިން ދިން އެއްބާރުލުމަށްޓަކައި އެ ޖަމްއިއްޔާ އަށް ކައުންސިލުންވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ސްޓޭޖްގެ ތިރީބަޔަކީ ފޭލި ޖަމިއްޔާ (އޭރު ބ.ސ.މ.ދ.ޖަމިއްޔާ) އިން ޚަރަދުކޮށްގެން ފޭލި ޖަމްއިއްޔާގެ ބޭނުމަށް އޭރުގެ ރަށު އޮފީހާއި ރކ ކޮމެޓީން އެއްބަސްވެގެން އެ ޖަމިއްޔާ އަށް ދީފައިވާ ތަނެކެވެ. މީގެކުރިން ވަނީ އެ ޖަމިއްޔާއިން އިމާރާތްކުރި ބަހިއްޔާ ޕްރީސްކޫލް ވެސް އޭދަފުށީ ރައްޔިތުންނަށް ހަދިޔާ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.