ޝީން ބާއްވާ މައުލޫމާތުދިނުމުގެ ސެޝަނެއް މިރޭ އޭދަފުށީގައި

ޝީން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއްގެ ތެރެއިން

ބެލެނިވެރިންނާއި ޒުވާނުން ހޭލުންތެރިކުރުވަން، މުޖުތަމަޢުގައި ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން ގެންދާ ޖަމިއްޔާއެއްކަމަށްވާ ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަން (ޝީ) އިން އޭދަފުށީގައި ހާއްސަ ޕްރޮގްރާމެއް ހިންގަަން ނިންމައިފި އެވެ.

އޭދަފުށީ މަލްޓިޕާޕަސް ސެމިނާ ރޫމުގައި ބާއްވާ މައުލޫމާތު ދިނުމުގެ މި ހަރަކާތް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެން މިރެއާ މާދަމާ ރެ އެވެ.

އެގޮތުން ބެލެނިވެރިންނަށް ހާއްސަކޮށްގެން ބާއްވާ ސެޝަނުގައި މައިންބަފައިންނާއި ކުދިންގެ މެދުގައި ބަދަހި ގުޅުން އުފެއްދުމާއި، އުރަމަތީ ކެންސަރާއި ރަހިމުގެ ކެންސަރާ ގުޅޭ މައުލޫމާތު ދޭނެ އެވެ. އަދި 18 އަހަރާ 23 އަހަރުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ސެޝަނުގައި ދަރިމައިވުމުގެ ސިއްހަތާއި، ދުޅަހެޔޮކަމާ ގުޅޭ އެކި މައުލޫތަކަށް މައުލޫމާތު ދޭނެ ކަމަށް ޝީ އިން ބުންޏެވެ.

ސެޝަންތައް އޮންނާނީ ރޭގަނޑު 9:00-10:30 އަށެވެ.

ވީހާވެސް ގިނަ ބެލެނިވެރިންނާއި ޒުވާނުން މި ސެޝަންތަކުގައި ބައިވެރިވުމަށް ޝީން ދައުވަތު އަރުވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.