ފަހުވަގުތު ލިބުނު ޕެނަލްޓީން ގޮއިދުއަށް ޕޮއިންޓެއް

ގޮއިދޫ ޓީމް

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ގޮއިދުއާއި ދަރަވަންދޫ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމެއްޖެއެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ދަރަވަންދޫންނެވެ. މި ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސާމިހު ޢަލީ ޝަރީފް އެވެ. ގޮއިދޫން އެއްވަރުކުރީ މެޗު ނިމެން ދެމިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޙުސައިން ޝާމް އެވެ.

ގޮއިދޫ އާއި ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

މިއަދުގެ މެޗަށް ގޮއިދޫ ޓީމު ދޮންފަނަށް ގޮސްފައިވަނީ ދިގު ދަތުރަކަށް ފަހުއެވެ. ދަރަވަންދޫން ލީޑު ނެގުމާއެކު ގޮއިދޫ ޓީމުން ވަނީ ލަނޑެއް ޖަހަން ވަރަށް މަސައްކަތް ކޮށްފައެވެ. ފުޓްބޯޅައިގައި ގޮއިދޫއަކީ އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުން މުބާރާތުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ކިހާދޫ އާއި ދޮންފަނު ބައްދަލުކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި މިދިޔަ އަހަރުގެ ޗެމްޕިއަން ކިހާދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.