އުރީދޫއިން އެޕްއެންގޭމް ޕެކް ތަޢާރަފްކޮށްފި

އުރީދޫއިން އެޕްއެންގޭމް ޕެކް ގެ ނަމުގައި މުޅިންއާ 3 ޑޭޓާޕެކް މިއަދު ތަޢާރަފްކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ޑޭޓާ އެލަވަންސް، އަދި މަޤްބޫލް މޯބައިލް އެޕް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް ކަނޑައެޅިފައިވާ މި ޕެކްތަކަކީ ވަރަށް އެކަށޭނަ އަގުތަކެއްގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރެވުނު ޕެކް ތަކެކެވެ.

“އުރީދޫ އެޕްއެންގޭމް ޕެކްތަކަކީ ސްނެޕްޗެޓް، ސައުންޑްކްލައުޑް، ކްލޭޝް އޮފް ކްލޭންސް، އަދި އައިއެމްއޯ ފަދަ ސްމާރޓްފޯން ބޭނުންކުރައްވާ ބޭފުޅުންގެ މެދުގައި މަޤްބޫލް އެޕްތައް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް އެކުލެވިގެންވާ ޕެކް ތަކެކެވެ،” އުރީދޫން ބުންޏެވެ.

އުރީދޫން އަލަށް ތަޢާރަފްކުރި ޕެކްތައް

• 159 ރުފިޔާއަށް 1.5ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 711 އެމްބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 50 މިނެޓް
• 259 ރުފިޔާއަށް 4ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 1 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 150 މިނެޓް
• 359 ރުފިޔާއަށް 8ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 2 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 250 މިނެޓް

އުރީދޫ އެޕްއެންގޭމް ޕެކްތަކަކީ، އުރީދޫން ބުނިގޮތުގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕެކްތަކެކެވެ. އެގޮތުން މި ޕެކްތަކަކީ ޒުވާނުންގެ މެދުގައި މަޤްބޫލް ސްނެޕްޗެޓް އަދި އައިއެމްއޯ މެދުވެރިކޮށް ރައްޓެހިންނާ މުޢާމަލާތް ކުރައްވާ ބޭފުޅުން، ސައުންޑްކްލައުޑް މެދުވެރިކޮށް މިޔުޒިކް ސްޓްރީމް ކުރައްވާ ބޭފުޅުން، އަދި ފޯރިގަދަ ސްމާރޓްފޯން ގޭމް ކްލޭޝް އޮފް ކްލޭންސް ކުޅުއްވާ ބޭފުޅުންނަށް މިޕެކްތަކަކީ ވަރަށް އެކަށޭނަ ޕެކްތަކެއް ކަމަށްވެސް އުރީދޫން ބުންޏެވެ.
އެޕްއެންގޭމް ޕެކްތަކުގެ ކޮންމެ ޕެކެއްވެސް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭޏެ އެވެ.

އުރީދޫން ބުނ ގޮތުގައި އާ ޚިޔާލުތަކާއި އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ކަސްޓަމަރުންނަށް، އަދި ވަކިން ޚާއްޞަކޮށް ސްމާރޓްފޯން ބޭނުން ކުރައްވާ ބޭފުޅުންނަށް އެކަށޭނަ ޚިދުމަތްތައް ތަޢާރަފްކުރުމަށް އެ ކުންފުނިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި އުރީދޫއިން ވަނީ މަޤްބޫލް މިޔުޒިކް ސްޓްރީމިންގ އެޕް ލަވަފޮށި އާއި ގުޅިގެން ލަވަފޮށި ޕްރިމިއަމް ތައާރަފްކޮށްފައެވެ. މި ޕާރޓްނަރޝިޕާއެކު އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބި، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ 4G+ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާނުލާ އޮފްލައިންކޮށްވެސް އަޑުއަހާލެވެ އެވެ.

އުރީދޫ އެޕްއެންގޭމް ޕެކް އެކްޓިވޭޓް ކުރެއްވުމަށް ޑައަލް ކުރައްވާނީ *929*2# އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.