ކަމަދޫގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިފި

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަ ކުރުމަށްޓަކައި އެނ ޕާޓީގެ ކެމްޕޭން ޖަގަހައެއް ބ. ކަމަދޫގައި ރޭ ހުޅުވައިފި އެވެ.

ކަމަދޫގައި ޕީޕީއެމްގެ ޖަގަހަ ހުޅުއްވައި ދެއްވީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އެވެ.

ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ނިހާން ވިދާޅުވީ މިއީ ޔައީސް ޔާމީން 2018 ކާމިޔާބުކުރުމަށް އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެއް ކަމަށާއި ކަމަދޫގައި ޕީޕީއެމްގެ ޖަގަހައެއް ބިނާކުރީ ރައީސް ޔާމީން މިގައުމުގެ މާދަމާގެ މުސްތަގުބަލަށްޓަކައި ކުރައްވާ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

މި ޖަގަހައިން އަންނަ ދައުރަށް ރައީސް ޔާމީން އިންތިހާބުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ކަމަދޫއަކީ އެމްޑީޕީގެ ވަރަށް ބޮޑު ކިއްލާއެއްގެ ގޮތުގައި އޮތް ރަށެއް ކަމަށާއި ނަމަވެސް މިއަދު އެރަށް ޕީޕީއެމްގެ ވަރުގަދަ ކިއްލާއަކަށް ބަދަލުކޮށްލާފައިވާ ކަމަށެވެ.

ޖަގަހަ ހުޅުވުމަށް ރޭ ކަމަދޫގައި ބޭއްވި ޖަލްސާގައި ކެންދޫ ދާއިރާގެ ރަށްރަށުގެ ޕީޕީއެމް ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.