ޕްލާސްޓިކް ރިސައިކަލްކޮށް އެއިން ސުވެނިއަ ނުވަތަ ހަނދާނީ ހަދިޔާ ތައްޔާރު ކުރަން ސޮނެވާފުށިން ފަށައިފި އެވެ.
ސޮނެވާފުށި ރިސޯޓުން ބުނިގޮތުގައި ސޮނޭވާގެ “ޒީރޯ ވޭސްޓް” ސިޔާސަތުގެ ދަށުން، އެ ރިސޯޓްގައި އެ އެއްޗެހި އުފައްދާނީ ގޮނޑުދޮށަށް ލައްވެފައި ހުންނަ ޕްލާސްޓިކް ފުޅި ފަދަ ތަކެތި ރިސައިކަލް ކޮށްގެންނެވެ. އެގޮތުން އެތަކެތި ރިސައިކަލް ކޮށްގެން ގަސްޖަހާ ވަށިގަނޑާއި ކުޑަކުދިން ގުޅޭ ސާމާނު ފަދަ ތަކެތި އުފައްދަ އެވެ.
ސޮނޭވާ ފުށިން ދަނީ 2008 ވަނަ އަހަރުން ފެށިގެން އެ ރިސޯޓުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފަ އެވެ. އެ ރިސޯޓުގައި ގެސްޓުންނަށް ފެން ދިނުމަށް ބޭނުން ކުރަނީ އެ ބިއްލޫރި ފުޅި އެވެ. އަދި އެ ރިސޯޓުން ދަނީ ބިއްލޫރިން އެކި ތަކެތި ވެސް އުފައްދަމުންނެވެ.