ބ. ކުޑަރިކިލުގެ ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމާ މިއަދު ގުޅިއްޖެ އެވެ.
އެރަށުން 33 މީހަކު ޕީޕީއެމްއަށް ވަނުމަށްއެދި ސޮއިކުރުމަށްފަހު ފޯމުތައް ހަވާލުކުރީ އެރަށުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އާ އެވެ.
އެރަށުން ވާހަކަ ދެއްކި ޕީޕީއެމްގެ އިސް އެކްޓިވިސްޓަކު ބުނި ގޮތުގައި މިއަދު މައިގަނޑު ގޮތެއްގައި އެރަށުން ޕީޕީއެމާ ގުޅުނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރުންނެވެ.
އެ ރަސްމިއްޔާތުގައި ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކުޑަރިކިލުން ޕީޕީއެމްއަށް ސޮއިކުރި ބައެއް މީހުން ބުނި ގޮތުގައި އެ މީހުން ޕީޕީއެމްއާ ގުޅުނީ ރަށް ތަރައްގީ ކުރެވޭނީ ސަރުކާރު ހިންގާ ޕާޓީ އާއި ސަރުކާރާ ގުޅިގެންކަމަށްވާތީ އެވެ.