ދޮންފަނު ބަލިކޮށް ގޮއިދޫން ފުރަތަމަ މޮޅު ހޯދައިފި

މިއަދު ދޮންފަނާއި ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ ގޮއިދޫން ތާވަލުގެ އެއްވަނައަށް އަރައިފިއެވެ. މިއަދު ދޮންފަނު ދަނޑުގައި ކުޅުނު މެޗުން ގޮއިދޫން މޮޅުވީ ދޮންފަނާއި ބައްދަލުކޮށް 1-0 އިންނެވެ.

މި މޮޅާއެކު ގޮއިދުއަށް ވަނީ ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ދަރަވަންދޫ އަތުން ގޮއިދޫއަށް ލިބުނީ ޕޮއިންޓެކެވެ. މިއަދުގެ މެޗުން ބަލިވުމުން ދޮންފަނަށް ދެމެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ގޮއިދޫން ވަނީ މޮޅަށް ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން 36 ވަނަ މިނިޓުގައި ގޮއިދޫން ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝަމްއޫން ޖަމީލްއެވެ. ގޮއިދޫން މެޗުން މޮޅުވާން ދިއުމުން ދޮންފަނުންވެސް ވަނީ ދެވަނަ ހާފުގައި ކުޅުން ރަގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ދަރަވަންދޫ އެވެ. އޭދަފުށި ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން ކިހާދޫ ބަލިކޮށްފައެވެ. ދަރަވަންދޫ ކުޅުނު ފުރަތަމަ މެޗުގައި ގޮއިދުއާއި ދެކޮޅަށް ވަނީ 1-1 އިން އެއްވަރު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.