ގޮއިދޫ އަތުން ބަލިވެ ޗެމްޕިއަން ކިހާދޫ އުނދަގޫ ހާލަތަކަށް

މިއަދު ގޮއިދޫަޢަި ކިހޢދޫ ކުޅުނު މެޗުގެ ތެރެއިން

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ގޮއިދޫ އަތުން މިދިޔަ އަހަރުގެ ޗެމްޕިއަން ކިހާދޫ ބަލިވެއްޖެއެވެ.

މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އެޓީމު ބަލިވީ 3-4 އިންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ކުޅެވުނު އެންމެ ފޯރިގަދަ މެޗެވެ. މިއަދުގެ މެޗުގައި ގިނަ ލަނޑުތަކެއް ފެނިފައިވާއިރު ދެޓީމުންވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ކިހާދޫއަށް ބާކީ އޮތީ ދަރަވަންދޫއާއި ކުޅެންޖެހޭ މެޗެވެ. މި މޮޅާއެކު ގޮއިދޫއަށް މިހާރު ވަނީ ސެމީގެ ޖާގައެއް ލިބިފައެވެ.

މެޗު ފެށިގެން 9 ވަނަ މިނެޓާއި 10 ވަނަ މިނެޓުގައި ކިހާދޫއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު މިފްޒާލް އާއި ޢަލީ ސުހައިލް އެވެ. ކިހާދޫ ދެ ލަނޑުން މޮޅުވެފައި އޮއްވައި ދެމިނެޓު ތެރޭ ގޮއިދޫން ވަނީ އެއްވަރު ކޮށްފައެވެ. ގޮއިދޫން އެއްވަރު ކުރީ މެޗުގެ 11 ވަނަ މިނެޓާއި 12 ވަނަ މިނެޓުގައި ޖެހި ލަނޑުތަކުންނެވެ. ގޮއިދޫގެ ފުރަތަމަ ލަނޑު ޖެހީ ޙަސަން އިފްހާމް އެވެ. ދެވަނަ ލަނޑު ޖެހީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޙުސައިން ޝާމް އެވެ. ގޮއިދޫއަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ލިބުނީ މެޗުގެ 22 ވަނަ މިނެޓުގައި ޢަލީ ޖަޒްލާން ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުސައިން ޝާމް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފަ އެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ޕެނަލްޓީއަކުން ލަނޑުޖަހަން ކިހާދޫއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އެޓީމުގެ ޢަލީ ފަރުހާން ޖެހި ޕެނަލްޓީ ގޮއިދޫ ޓީމުގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި އެޓީމަށް ލިބުނު އިތުރު ޕެނަލްޓީއަކުން ޙުސައިން ސާމިރު ވަނީ 4-3 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

މި ނަތީޖާއާއެކު 7 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ގޮއިދޫވަނީ ޖެހިލާފައެވެ. ދެވަނައިގައި 6 ޕޮއިންޓާއެކު އޮތީ އޭދަފުއްޓެވެ. ދޮންފަނާއި ކިހާދޫ އަދި ދަރަވަންދޫއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ލަނޑުގެ ތަފާތުން ދޮންފަނަށް ތިންވަނަ ލިބޭއިރު ހަތަރު ވަނަ ލިބެނީ ކިހާދޫއަށެވެ. ތާވަލުގެ ފުލުގައި އޮތީ ޖެހި ގޯލުގެ ތަފާތުން ދަރަވަންދޫއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.