ރައީސް ޔާމީން ކެންދޫއަށް ވަޑައިގެންފި

ބ. ކެންދޫ ބަނދަރު ހުޅުވައި ދެއްވައި، ސާފު ބޯފެނުގެ އަމަލީ މަސައްކަތް އިފުތިތާހު ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދާދި ދެންމެއަކު ރައީސާއި އެ މަނިކުފާނުގެ ޓީމް ކެންދޫއަށް ވަޑައިގަތުމުން، އެ ރަށުގައި ތިއްބަވާ ސަރުކާރުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކެންދޫ ބަނދަރު ހުޅުވައިދެއްވައި ސާފު ބޯފެނުގެ އަމަލީ މަސައްކަތް އިފްތިތާތުކޮށްދެއްވާނެ އެވެ. މިކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތު ކުޑައިރުކޮޅެއް ފަހުން ފަށާނެ އެވެ.

ރައީސް ޔާމީންގެ އަރިހުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި، ހެލްތު މިނިސްޓަރު ނާޒިމް އިބްރާހީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަޑައިގަތެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދެންވަޑައިގަންނަވާނީ އޭދަފުއްޓަށެވެ. އޭދަފުއްޓަށް ވަޑައިގަންނަވާނީ ހަވީރު އެވެ. ރައީސް މިއަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުން ތުޅާދޫއަށް ވަޑައިގަންނަވާނީ މާދަމާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.