ރައީސް ޔާމީން ބ. ކެންދޫ ބަނދަރު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރުފަހު މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފި އެވެ.

ކެންދޫގެ ބަނދަރު ސަރަހައްދުގައި މިއަދު މެންދުރުފަހު ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުން އެދި ދެންނެވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާ ކެންދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވިއެވެ. މި ބަނދަރަކީ 600 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވަނީ ކެންދޫ ބޯފެނުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކެންދޫއަށް ވަޑައިގެންނެވުމުގެ ކުރިން މިއަދު ހެނދުނު ޅ. ހިންނަވަރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމް އިފްތިތާޙުކޮށްދެއްވިއެވެ.

މިދަތުރުފުުގައި ރައީސް ދެން ވަޑައިގަންނަވާނީ އޭދަފުއްޓަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.