އޭދަފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ ނިންމުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުއްޓަށް މިއަދު ޒިޔާރާތްކުރައްވައި އެރަށުގެ ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

އޭދަފުށީގެ ބަނދަރު ސަރަހައްދުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ މި ރަށުގެ ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުން، މި މަޝްރޫޢުގެ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވުމަށް އެދިވަޑައިގެންނެވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފެއްޓެވި 3 ދުވަހުގެ މިދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމާއެކު ސަރުކާރުން ބައެއް ރަށްރަށުގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.