ރައީސް ޔާމީން ތުޅާދޫ ބަނދަރު ހުޅުވައިދެއްވައިފި

ބ. ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައި، އެރަށުގެ ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައި، އެރަށުގެ ބަނދަރު މިއަދު ރަސްމީކޮށް އިފްތިޔާހުކުރެއްވީ ރައީސް އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމެވެ. ރައީސް ޔާމީނު ތުޅާދޫއަށް މިއަދު ވަޑައިގެންނެވީ ނ، ޅ އަދި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެެއްގެ ގޮތުންނެވެ.

ރައީސް ޔާމީން، ތުޅާދޫ އަށް ވަޑައިގަތުމުން އެރަށުގެ ބައެއް މީހުންނާ، ރައީސް ޔަމީން ސަލާމް ކުރައްވަނީ.—ފޮޓޯ: ރައީސް އޮފީސް

ދައުލަތުން 50.9 މިލިއަން ހޭދަކޮށްގެން ހަދާފައިވާ، ތުޅާދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެއްޓީ 2014 ވަނަ އަހަރުގައެވެ. އެމްޓީސީސީ އާ ހަވާލުކޮށްގެން ހަދާފައިވާ މި ބަނދަރަކީ 1210 ދިގު އަދި 550 ފުޅާ މިނުގެ ބަދަރެކެވެ.

ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ވަނީ އެއްކޮށް ނިންމާލާފައެވެ.

ރައީސް ޔާމީން، ތުޅާދޫ އަށް ވަޑައިގަތުމުން އެރަށުގެ ބައެއް މީހުންނާ، ރައީސް ޔަމީން ސަލާމް ކުރައްވަނީ.—ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫއު ތަކުގެ އިތުރުން ތުޅާދޫގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެރަށުގައި ޒަމާނީ ފެންވަރަކަށް ފެނާއި ނަރުދަމާގެ މަސައްކަތެވެ. އަދި މި މަސައްކަތް އެ ރަށުގައި ހަލުވި މިނެއްގައި ކުރިއަށް ދެއެވެ.
ސަރުކާރުން ޖުމްލަ 75.5 މިލިއަން ރުުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ފަށާފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގައެވެ.

އެމްޑީޕީގެ ތާއިދު ބޮޑު ތުޅާދޫ އަށް ރައީސް ޔާމީން މިއަދު ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.