ޑިސްނީ ޗެނަލްތައް ދިރާގު ޓީވީ އަށް

ދިރާގު ޓީވީން، އެތައް މިލިޔަން ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑިސްނީ ޗެނަލް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދައްކަން ފަށައިފި އެވެ.

އިއްޔެ ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދައްކަން ފަށާފައި ވަނީ ޑިސްނީ ޗެނަލް، ޑިސްނީ އިންޓަނޭޝަނަލް އެޗްޑީ އަދި ޑިސްނީ ޖޫނިއާގެ އިތުރުން ޑިސްނީ އެކްސްޑީ އެވެ.

ދިރާގުން ބުނީ ޑިސްނީ ޖޫނިއާ އިން އުމުރުން ދެ އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިންނާ އެކަށީގެންވާ އެތައް ޕްރޮގްރާމެއް ގެނެސްދޭނެ ކަމަށެވެ. އެ ޗެނަލްގެ އެންމެ މަޝްހޫރު ޝޯތަކުގެ ތެރޭގައި ހިމެނެނީ މިކީ މައުސް ކްލައުބް ހައުސް، ޑޮކް މެކްސްޓަފިންސް، އަދި ސޯފިއާ ދަ ފަސްޓް އެވެ. އަދިވެސް އެތައް ޝޯއެއް އެ ޗެނަލުން ގެނެސްދޭނެ އެވެ.

މީގެ އިތުރުން ޑިސްނީގެ އެންމެ ކްލޭސިކް ކެރެކްޓާސްތައް ކަމުގައިވާ ވިނީ ދަ ޕޫ، ގޯލްޑިލޮކްސް، ދި ސެވެން ޑްވާފްސް ފްރޮމް ސްނޯވައިޓް އަދި ޕީޓަޕޭން އާއި އެހެނިހެން ކެރެކްޓާސްތަކުގެ މުޅިން ތަފާތު ބައިތައް ގެނެސްދޭނެ ކަމަށެވެ.

އުމުުރުން ހަތަރު އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނާ ގުޅޭގޮތަށް ގެނެސްދޭ އެތައް ޝޯ އެއް ޑިސްނީ ޗެނަލުން ގެނެސްދޭނެ އެވެ.

އެ ޗެނަލްގެ މަޝްހޫރު ޝޯތަކުގެ ތެރޭގައި ޑަކް ޓޭލްސް، އެލީނާ އޮފް އެލެވޭޓާ، އާޓް އެޓޭކް، ޕީޖޭ މާސްކްސް އަދި ޑޯރޭމޮން ހިމެނެ އެވެ. ޑިސްނީ އެކްސްޑީ އިން ވެސް ކުޑަކުދިންނަށް އެކަށީގެންވާ އަދި ކުދިން ޝައުގުވެރިވާ ގިނަ ޝޯ ތަކެއް ގެނެސްދެ އެވެ. އެ ޗެނަލް ހާއްސަ ކޮށްފައިވަނީ އުމުރުން ހަ އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އޭގެ ތެރޭގައި މާވެލްސް ސްޕައިޑަމޭން، އެވެންޖާސް، ބޭބްލޭޑް އަދި ޕޮކިމަން ހިމެނެ އެވެ.

ދިރާގުން އަލަށް ތައާރަފް ކުރި ޑިސްނީ އިންޓަނޭޝަނަލް އެޗްޑީ އަކީ ޒުވާނުންނަށް ހާއްސަ ޗެނަލެކެވެ. އެ ޗެނަލުން ޒުވާނުންނަށް ހާއްސަ ވޯލްޑް ކްލާސް އިންގްލިޝް ކޮންޓެންޓެއް ގެނެސްދެ އެވެ. އެ ޗެނަލުގެ އެންމެ ހިޓު ޝޯ ތަކަކީ ލިވް އެންޑް މެޑީ، ކޭ.ސީ. އަންޑަކަވާ އަދި ގާލް މީޓްސް ވޯލްޑް އެވެ. އަދި ބްލޮކްބާސްޓާގެ އޮރިޖިނަލް ފިލްމުތައް ކަމަށްވާ ޑިސެންޑެންޓްސް، ޓީން ބީޗް މޫވީ އަދި ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ ހަނާ މޮންޓަނާ، ވިޒާޑްސް އޮފް ވަވޭލީ ޕްލޭސް އަދި ހައި ސްކޫލް މިއުޒިކަލްގެ ފިލްމުތައް ހިމެނެ އެވެ.

މި ޗެނަލްތައް ރާއްޖެއަށް ތައާރަފްކޮށް އެކަމާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އަހްމަދު މައުމޫން ވިދާޅުވީ މުނިފޫހި ފިލުވައިދިނުމުގެ އެންމެ މަޝްހޫރު ޗެނަލްތައް ދިރާގު ޓީވީ މެދުވެރިކޮށް ރާއްޖެއަށް ތައާރަފްކުރުމަކީ ދިރާގަށް ލިބުނު އުފަލެއް ކަމަށެވެ.

ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލް ހިމެނެ އެވެ. ދިރާގު ޓީވީގެ މަހު ފީގެ ގޮތުގައި ނަގަނީ 300ރ. އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.