ތުޅާދޫގައި ވެސް ރައީސާ ދެކޮޅު ޝުއޫރު ފާޅުކުރުން ހުއްޓުވައިފި

ރައީސް ޔާމީން، ތުޅާދޫ އަށް ވަޑައިގަތުމުން އެރަށުގެ ބައެއް މީހުންނާ، ރައީސް ޔަމީން ސަލާމް ކުރައްވަނީ.—ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން ބ. ތުޅާދޫ އަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް ޝުއޫރުފާޅުކުރަން އުޅޭ ކަމަށް ބުނެ ތައްޔާރުކުރި ލިޔުންތަކެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު އަތުލައިފި އެވެ.

ރައީސް ޔާމީން އުތުރުގެ ތިން އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުޅާދޫއަށް މިއަދު ވަޑައިގަތީ އެ ރަށުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑއިގެންނެވުމަށެވެ.

ތުޅާދޫ މީހަކު ބުނިގޮތުގައި ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވާތީ، ޖަލުގައި ތިބި ސިޔާސީ ކުއްވެރިންގެ ދޫކޮށްލަން ޖަހާފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ބަނދަރުގައި ސަރަހައްދުގައި ތިއްބާ ފުލުހުން ވަނީ އެތަކެތި އަތުލައިފަ އެވެ.

“ރައީސް ވަޑައިގަތުމުގެ ކުރިން އެ ބޯޑު ތަކާ ބެނާތައް ފުލުހުން އައިސް އަތުލީ. ފަހުން ޝުއޫރު ފާޅުކޮށް އަޑުގަދަކުރަން ފެށީމާ އެމީހުން ދުރަށް ޖެއްސީ. ދެން ޝުއޫރު ފާޅުކުރަން ލީޑުކުރާ މީހުންގެ ތެރެއިން ފަހަރަކު މީހަކު ޕޮލިސް ލައިނުގެ އެތެރެއަށް ވައްދާފަ އެހެން ދިމާލަކުން ދޫކޮށްލަނީ. ފުލުހުންނާ އެމީހުންނާ ދެމެދު ކޮންމެވެސް ވަރަށް ޒުވާބުވެސް ކުރި. އެ މަންޒަރު ފޮޓޯ ނެގި މީހުންގެ ފޯނުތައް ވެސް އަތުލާފަ ފޮޓޯ އާއި ވީޑިއޯ ވެސް ފުލުހުން ޑިލީޓްކޮށްލާފަ ދޫކޮށްލީ،”

ތުޅާދޫން މިއަދު ރައީސް ޔާމީނަށް މަރުހަބާ ދަންނަވަނީ

އޭނާ ބުނި ގޮތުގައި ޔާމީން އަށް މަރުހަބާ ދެންނެވުމަށް އެންމެ ކުރީ ސަފުގައި ތިއްބައި އެމްޑީޕީގެ ކައުންސިލަރުން ސަފުގެ ފަހަތައް ޖައްސާފަ އެވެ.

“ދެން އެއްވެސް ހައިސިއްޔަތެއް ނެތް ޕީޕީއެމް މީހުން އެންމެ ކުރިއަށްލީ، އެމްޑީޕީގެ ބައެއް ކައުންސިލަރުން ހިތްހަމަ ނުޖެހިގެން ނުކުމެގެން ވެސް ދިޔަ،”

އެ ދަތުރުފުޅާ ދިމާކޮށް ހެދި ލިއުންތައް ނަގަން ފުލުހުންގެ މައްޗަށް އަމުރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ރައީސް އަބްދުﷲ ޔާމީން އިއްޔެ ކެންދު އަށް ވަޑައިގަތުމުން އެރއށުގއަި ވެސް އެމަނިކުފާނާ ދެކޮޅަށް ޝުއޫރުފާޅުކުރަން އުޅޭ ކަމަށް ބުނެ ތައްޔާރުކުރި ލިޔުންތަކެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަތުލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.