ބޮޑު މޮޅަކާ އެކު ފައިނަލުގެ ފަހު ޖާގަ ގޮއިދޫ އަށް

ބ. ދޮންފަނު އަތުން 7-0 އިން ހޯދި ބޮޑު މޮޅާ އެކު ގޮއިދޫ ޓީމު، ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގޮއިދޫގެ ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހައި އިބްރާހިމް ނާފިޒް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދީ ނާފިޒް އެވެ

އަނެއް ތިން ލަނޑު ޖެހީ ނާސިހް ޔޫސުފާއި، ހުސައިން ޝާމް އަދި އިފްހާމެވެ.

އަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލު މެޗުގައި ގޮއިދޫއާ ބައްދަލުކުރާނީ އޭދަފުއްޓެވެ. މި ދެ ޓީމަކީ ވެސް މިއަހަރު މި މުބާރާތުގައި އަލަށް ވާދަކުރާ ދެ ޓީމު ކަމަށްވާއިރު ގްރޫޕް ސްޓޭޖުގައި ދެ ޓީމު ކުޅުނު މެޗުން ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ޔޫއްޓެ

    އިއްޔެ އަޅުގަނޑަށް eydhafushi times ފޭސްބުކް ޕޭޖުން ފެނުނީ ކިހާދޫ ނިސްބަތްވާ ބަޔަކު އޭދަފުއްޓަށް މަލާމާތް ކޮށް ކޮމެންޓް ކޮށްފައި ހުއްޓައި. ނަމަވެސް ވިސްނާލަން ޖެހޭ ކަމެއް އެބައޮތް. 2012 ވަނަ އަހަރު ގައި އޭދަފުށީ ގައި ބާއްވަން ފެށި ބ.އެޓޯލް ފުޓުބޯޅަ ޗެލެންޖް ގެ އެއްވެސް މުބާރާތެއްގެ ފައިނަލް ގައި ކިހާދޫ ކުޅެފައި ނުވާކަން. ނަމަވެސް ގޮއިދޫ އަކީ އެމުބާރާތުގެ 3 އަހަރުގެ ޗެމްޕިއަންކަން ހޯދި ޓީމެއް. އަނެއް 2 ޗެމްޕިއަނުންނަކީ ފެހެންދޫ އަދި އޭދަފުށި. މީގެން ވެސް އިނގޭ އެއްޗަކީ ކިހާދޫ އަދި ބ.އަތޮޅުގައި ގަދަ ބާރަކަށް ނުވާކަން. ނަމަވެސް ތިރަށަކީ އަބަދުވެސް މޮޅެތި ކުޅުންތެރިން އުފެދޭ ރަށެއް. މިހާރައް ބަލަނީނަމަ ތި ޓީމުގެ ކެޕްޓަން “މާނު” އެއީ ތަފާތު މޮޅު އަދި ކޮންމެ ތާކަށްވެސް ކުޅެލޭވޭ ފެންވަރުގެ މޮޅު ކުޅުންތެރި އެއް. ނަމަވެސް ބުނަންމިއުޅެނީ ކިހާދޫ އާއި އޭދަފުށި އަޅާ ކިޔާވަރެއް އަދި ނުވެޔޭ. ގޮއިދޫ އަދި އޭދަފުށި ބައިވެރިވި އެއްވެސް މުބާރާތެއްގެ ފައިނެލްއަށް ކިހާދޫ ނުދާކަމީ މީގެ ތެދު ހަގީގަތެއް. އެހެންނަމަވެސް މިފަދަ މުބާރާތްތަކަކީ އެކަން ސާބިތު ކޮށްލަން އަދި ކުޅުންތެރިންގެ ހުނަރު އިތުރު ކޮށްލަން ލިބޭނެ ފުރުސަތެއް ކަމުގައި ދެކެން. ކިހާދުވެސް ފެނިގެން ދިޔައީ މެޗަކަށް ފަހު މެޗެއް މޮޅަށް ކުޅުނު ތަން. އޭދަފުށި ކަހަލ މޮޅެތި ކުޅުންތެރިން ގިނައިން ތިބި ޓިމެއް ކާރި 90 މިނެޓް 2-2 އަކުން އެއްވަރުވެފަ އޮތުން ވެސް އެއީ ކިހާދޫ ޓީމުން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށްވެސް ދެކެން. ދުނިޔޭގެ ތާރީހު ތަކުން ކިތައްމެ ކުދި ޓީމުތައްވެސް ބޮޑެތި ޓީމު ތައް ބަލި ކޮށްފައި އެބަހުރި. އެހެންވީމައި ކިހާދޫ ޓީމުވެސް އޭދަފުށި އަދި ގޮއިދޫ އަތުން މޮޅުވުމަކީ ނުވާނެ ކަމެއްނޫން. ދެންވެސް ބުނެލަން އޮތީ އެއްވެސް ބޭފުޅަކު އެއްރަށާއި އަނެއްރަށް ޖެހޭގޮތައް ކޮމެންޓް ނުކުރުމަށް. ކޮންމެ ގޮތެއްވިޔަސް އޭދަފުއްޓަށް ވުރެން ގޮއިދޫ މިހާރުވެސް މޮޅުކަން ސެމީގައި ގޮއިދޫ ކުޅުންތެރިން ސާބިތު ކޮށްދީފި. 23 އަހަރު ދަށުން މިވަގުތު ބ.އަތޮޅުގައި އެންމެ މޮޅީ ކޮންޓީމެއްތޯ އިނގިގެންދާނީ އަންނަ ހުކުރު ދުވަހު ކުޅެވޭ ފައިނެލް މެޗަށް ފަހު. އެހެންވީމައި ބަލަންތިބެމާދޯ؟ ހަމައެއާއިއެކު ސެމީ ފައިނެލްގައި ދޮންފަން ގެ މައްޗަށް ގޮއިދޫ ހޯދި ބޯޑު މޮޅާއި އެކު ގޮއިދޫ ޓީމަށް ހޫނު މަރުހަބާ އެއްކިއަން. ސުކުރިއްޔާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.