ރަންނާ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

2016 ވަނަ އަހަރު ރަންނާ އެވޯޑް ހާސިލުކުރި ފަރާތްތައް ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން

ބ. އަތޮޅު ކައުންސިލުންދޭ “ރަންނާ އެވޯޑް” އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 20 ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

“މި މުއްދަތު އިތުރު ކުރުމަށް ކައުންސިލް އިން ނިންމީ ބައެއް ސުކޫލްތަކުން ސްކޫލް ބަންދު ދުވަސްކޮޅު ކަމަށްވާތީ، ގިނަ ޓިޗަރުންނާއި ގިނަ ބެލެނިވެރިން ރަށުން ބޭރުގައިވާތީ އާއި މި ދުވަސްކޮޅަކީ މަސައްކަތަށް ނިކުންނަ ދުވަސްކޮޅަކަށް ނުވާތީ އެޕްލިކޭޝަންގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ދަތިތަކެއް ހުރީމައާއި، ރިސޯޓް އަދި ގެސްޓް ހައުސްތަކުން އެތަނުގެ ޕީކް ދުވަސްވަރާއި މި ދުވަސްކޮޅު ދިމާވާތީ އަދި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންގެ ފަރާތުންވެސް މުއްދަތު އިތުރުކޮށްދެއްވުމަށް މި އިދާރާގައި އެދެމުން ދާތީ އެވެ،” އަތޮޅު ކައުންސިލުން ބުންޏެވެ.

ރަންނާ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އަތޮޅަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު ތައާރަފުކުރި އެވޯޑެކެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، ބ. އަތޮޅަކީ ހުރިހާ ދާއިރާ އަކުން ވެސް ފަންނީ ގާބިލް ބޭފުޅުން ތިބި އަތޮޅެއް ކަމަށާއި މި އެވޯޑް ހަފްލާއަކީ ވެސް މުޅި ބ. އަތޮޅު ދައްކުވައިދޭނެ ހަފްލާއެއް ކަމަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.