“ފުށި ފަންނު”ގެ ނަމުގައި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި

“ފުށި ފަންނު” ޕާކު މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިދެނީ.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

އަމިއްލަ ފަރާތަކުން އޭދަފުށީ ދެކުނު ފަރާތުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު “ފުށި ފަންނު”ގެ ނަމުގައި މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފި އެވެ.

ކުޑަކުދިންގެ ހަވީރަކާއެކު, މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން އާއި ނައިބް ރައީސް ހައްވާ ސަމީހާ އެވެ.

ކުޑަކުދިންގެ ޕާކު “ފުށި ފަންނު” ގެ ނަމުގައި ރަސްމީކޮށް ހުޅުވުން

ޕާކު ހުޅުވުމުގެ ރައްމިއްޔާތުގައި ވާހަކަ ދައްކަމުން މި ޕާކު ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި އޭދަފުއްޓަށް އުފަން، އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވި ގޮތުގައި މި ޕާކަކީ ހަމައެކަނި ކުޑަކުދިންނަށް ހުޅުވިގެންދާނެ ޕާކެއް ނޫން ކަމަށާއި ޕާކު ވެގެންދާނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ވަރަށް ފުރިހަމަ ތަނެއްގެ ގޮތުގަ އެވެ.

ކުޑަކުދިންގެ ޕާކު “ފުށި ފަންނު” ގެ ނަމުގައި ރަސްމީކޮށް ހުޅުވުން
ކުޑަކުދިންގެ ޕާކު “ފުށި ފަންނު” ގެ ނަމުގައި ރަސްމީކޮށް ހުޅުވުން

“މި ޕާކަކީ ހަމައެކަނި ކުޑަކުދިންނަށް ހުޅުވިގެންދާ ޕާކެއް ނޫން. މިތަނުގައި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ޖިމަކާއި ދުވާ ޓްރެކެއް އެބަހުރި، ދުވާ ޓްރެކްވެސް މިހާރު އެވަނީ ފުރިހަމަ ކުރެވިފައި، އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ގިނަ ބައެއްގެ އެދުމުގެ މަތިން މި ޕާކުގައި ކަސްރަތު ކުރާނެ އިތުރު ސާމާނައި ކުޑަކުދިންނަށް ވެސް ކުޅޭނެ އިތުރު ސްލައިޑެއް ބަހައްޓަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެ ތަކެތިވެސް ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ޕާކު “ފުށި ފަންނު” ގެ ނަމުގައި ރަސްމީކޮށް ހުޅުވުން

އާދިލް ވިދާޅުވި ގޮތުގައި އެ ޕާކު ފުރިހަމަވެގެން ދިޔައީ ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަމާއެކު ކަމަށާއި، ހާއްސަގޮތެއްގައި ހިލޭ ސާބަހަށް މި މަސައްކަތުގައި އުޅުނު ގްރޫޕަށާއި ރަށު ކައުންސިލުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.