ފެހެންދޫ ކައުންސިލަރުން ނުކުމެ ކުނި އުކައިދިނުމުގެ ހިދުމަތް ފަށައިފި

ބ. ފެހެންދޫ ކައުންސިލަރުން ނުކުމެ އެރަށު ގޭގެ އިން ކުނި އުކައިދިނުމުގެ ހިދުމަތް ދެނީ. އީޓީ ފޮޓޯ/ޒުހުދާ

އާ އަހަރާ ދިމާކޮށް ބ. ފެހެންދޫ ކައުންސިލަރުން ނުކުމެ އެރަށު ގޭގެ އިން ކުނި އުކައިދިނުމުގެ ހިދުމަތް ދޭން މިއަދު ފަަށައިފި އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމު ވިދާޅުވި ގޮތުގައި މިއީ ސާފު ރާއްޖެ އިނިޝިއޭޓިވްގެ ދަށުން ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގެ މަގްސަދުގައި ފެށި ޚިދުމަތެކެވެ.

މޫސާ ނަސީމު ވިދާޅުވި ގޮތުގައި އެރަށުގައި މިއަދު ކުނި އުކައިދިނުމުގެ ހިދުމަތް ފެށި ނަމަވެސް ގޮންޖެހުންތައް އެބަހުރި ކަމަށާއި މި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދަން އިއުލާންކުރުމުން މުވައްޒަފުން ލިބޭނެ ގޮތް ނުވުމުން އެ މަސައްކަތުގައި އަދި އަމަލީގޮތުން ހަރަކާތްތެރިވަނީ ކައުންސިލަރުންނެވެ.

“މިކަމަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. މީހުން ދިރިއުޅޭ ހުރިހާ ގެއަކުން ހެން މިހާރު މި ޚިދުމަތަށް ވަނީ ރަޖިސްޓްރީ ކޮށްފައި. ކައުންސިލްގެ އުންމީދަކީ މި ޚިދުމަތް ދާއިމީގޮތެއްގައި ދެވި، ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކާމިޔާބު ކަމާ އެކީ ކުރިއަށް ގެންދެވުން. އަދި “ނަލަނަލަ ފެހެންދޫ”ގެ ގޮތުގައި އަބަދުވެސް މިރަށް އޮތުން” މޫސަ ވިދާޅުވި އެވެ.

ބ. ފެހެންދޫ ކައުންސިލަރުން ނުކުމެ އެރަށު ގޭގެ އިން ކުނި އުކައިދިނުމުގެ ހިދުމަތް ދެނީ. އީޓީ ފޮޓޯ/ޒުހުދާ

ފެހެންދޫ ނަޝީދާ މޫސާ ބުނި ގޮތުގައި މިކަމަކީ ދާއިމީ ގޮތެއްގައި ކުރެވިއްޖެނަމަ ވަރަށް ރަނގަޅު ޚިދުމަތެއް ކަމަށާއި އަދި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
“ސާފުތާހިރު ކަމުގެ ގޮތުން ބެލިޔަސް ވަރަށް ރަގަނޅު ކަމެއް..”

ތިންސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ފެހެންދޫގައި ކުނި އުކައިދޭން ނަގަނީ ގޭބިސީއަކުން މަހެއްގެ މައްޗަށް 100ރ. އެވެ. މި ހިދުމަތަށް 40 އަށްވުރެ ގޭ ބިސީ ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.