އަހްމަދު ނަބީލް ނިޔާވެއްޖެ

ބ. އޭދަފުށީ މަގޫމާގޭ އަހްމަދު ނަބީލް މިރޭ ނިޔާވެއްޖެ އެވެ.

އަހްމަދު ނަބީލް، 43، ނިޔާވީ އިތުރަށް ހާލު ސީރިއަސްވެގެން އޭޑީކޭ އަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.

ނަބީލް ވަނީ ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފަ އެވެ. އެންމެފަހުން އޭނާ މަސައްކަތް ކުރެއްވީ ވެލިގަނޑު ރިސޯޓްގައި އެޗްއާރު މެނޭޖަރެއްގެ މަގާމުގަ އެވެ.

ވެލިގަނޑު ރިސޯޓްގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޝަރީފް ބުނީ ނަބީލް ނިޔާވި ހަބަރާ އެކު މުޅި ރިސޯޓަށް ހަމަހިމޭންވެ ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި ނަބީލް އަކީ ހިތްހެޔޮ އަދި އެންމެންގެ ލޯބި ހޯދާފައިވާ ހިތްހެޔޮ ވެރިއެއް ކަމަށެވެ.

“ނަބީލް ސާ އަކީ ބަރާބަރަށް ނަމާދުކޮށް ސްޓާފުންނަށް ނަމޫނާ ވެރިއެއް. ނަބީލް ސާ ނިޔާވި ޚަބަރު އިވިފަ މުޅި ރިސޯޓްވެސް ދިޔައީ ހަމަހިމޭން ވެގެން. ޖަނާޒާގައި ބައިވެރިވުމަށް ރިސޯޓުން ބައެއް މުވައްޒަފުން މާލެ ވެސް ދާނެ،”

އޭނާ ނިޔާވި އިރު އަންބަކު ދުނިޔޭގައި އެބަ އިންނެވި އެވެ.

ނަބީލުގެ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

އަލްމަރުޙޫމް އަހްމަދު ނަބީލްގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.