ބަހިއްޔާ ޕްރީ ސްކޫލް ހިންގަން މައި ކޮލެޖަށް ދީފި

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލު ހިންގުމަށް ފަސް އަހަރަށް މައި ކޮލެޖާ އޭދަފުށި ކައުންސިލުން ހަވާލު ކޮށްފި އެވެ.

މިދިޔަ އަހަރު އައިލެންޑާސް މޯލްޑިވްސްއާ އެކު އޭދަފުށީ ކައުންސިލުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު، އެތަނުގައި އަލުން ޕްރީ ސްކޫލް ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލި ބިޑު މައި ކޮލެޖުން ކާމިޔާބުކޮށްފައިވާ ކަމަށާއި ދެން އެ ސްކޫލު ހިންގާނީ މައި ކޮލެޖް އޭދަފުށި ޕްރީ ސްކޫލުގެ ނަމުގައި ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.

މައި ކޮލެޖުން ބުނީ ބަހިއްޔާ ޕްރީ ސްކޫލު ހިންގުމަށް ހުށަހެޅި ބިޑު ކާމިޔާބުވިކަން، މިއަދު ރަސްމީކޮށް އެ ކޮލެޖަށް ކައުންސިލުން އަންގާފައިވާ ކަމަށެވެ. . އަދި ވަރަށް އަވަހަށް ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެ ކޮލުން ބުންޏެވެ.

މައި ކޮލެޖުން ހުށަހެޅި ބިޑުގައިވާ ގޮތުން އެތަނުން ދަރިވަރުންގެ އަތުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 250ރ. އެވެ. އަދި މަހު ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 500ރ. އެވެ.

މައި ކޮލެޖުން ޕްރީ ސްކޫލް ހިންގަން ފުރަތަމަ އަހަރަށް ހުށަހަޅާފައި ވަނީ 4000ރ އަދި އޭގެ ފަހުން ކޮންމެ އަހަރަކަށް 500ރ ކުއްޔަށް އިތުރުކުރާ ގޮތަށެވެ. އަދި ފުރަތަމަ އަހަރު އެ ސްކޫލު ހިންގަން އެ ކޮލެޖުން ހުށަހަޅާފައިވަނީ އިންޓަނެޝަނަލް ނުކޮށެވެ.

ބަހިއްޔާ ޕްރީ ސްކޫލް ހިންގަން މައި ކޮލެޖަށް ދިން އިރު، އެ ކޮލެޖުން އަންނަނީ ބަހިއްޔާ ޕްރީ ސްކޫލުގެ ދެވަނަ ފަންގި ފިލާގައި އެ ކޮލެޖުގެ އައުޓްރިޗް ސެންޓަރެއްގެ ގޮތުގައި މަތީ ތައުލީމުދޭ މަރުކަޒެއް ވެސް ހިންގަމުންނެވެ. އެ ސެންޓަރުގައި ސެޓްފިކެޓް ލެވެލް އާއި ޑިޕްލޮމާއާއި ޑިގްރީ އަދި ޕީޖީ ކޯސްތަކެއް ވެސް އަންނަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.