ބ. ތުޅާދޫ ގައި ޕިކަޕެއް ޑްރައިވަރާ އެކު މޫދަށް ވެއްޓިއްޖެ އެވެ.
މިރޭ އިރާކޮޅު ހިނގި މި ހާދިސާގައި ޕިކަޕް މޫދަށް ވެއްޓުނުއިރު އޭގެ ތެރޭގައި ޑްރައިވަރު އިންނަމަވެސް އޭނާއަށް އަނިޔާއެއް ނުވެ އެވެ.
ތުޅާދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ޕިކަޕް މޫދަށް ވެއްޓުނީ ބަނދަރުމަތިން ދަރުތަކެއް ހިފައިގެން ދާން އުޅެނިކޮށް ފަހަތަށްޖެހި ވަގުތުއެވެ.
“ވާޓަރު ކައިރިން ޕިކަޕް ފަހަތައް ޖެހި ގަޑީގައި ފަހަތް ކޮޅު ފުރަތަމަ ވެއްޓުނީ، ޑްރައިވަރު ވެސް ވެއްޓުނު ފަހުން ސަލާމަތްވީ، އޭގެ ދޮރުފަތް ގަނޑު ހުރީ ހުޅުވާފަ. އެވަގުތު ޕިކަޕް ފަހަތުގަ ހުރި ކުއްޖެއްވެސް އެ ކުއްޖާވެސް ޕިކަޕު ވެއްޓެން ހެދީމަ ވަގުތުން މޫދަށް ފުންމާލީ، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ”
ނަމަވެސް ޕިކަޕް އެއްކޮށް އަޑިއަށް ދިއުމުގެ ކުރިން އެކްސްކަވޭޓަރެއްގެ އެހީގައި ވަނީ ނަގައިފަ އެވެ.
މި ހާދިސާގައި ޕިކަޕުގެ ފަހަތު ލައިޓެއް ތަޅައިގެން ގޮސް އިންޖީނަށް ލޮނު އެޅުމުގެ އިތުރުން މާބޮޑު ގެއްލުމެއް ލިބިފައެއް ނެތެވެ.
Thi driwer marunuvukan thee naseebeh