މައި ޕްރީ ސްކޫލަށް ކުދިން ވައްދަން ހުޅުވާލައިފި

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލު ހިންގުމަށް މައި ކޮލެޖާ ދިނުމާ ގުޅިގެން އެ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މައި ކޮލެޖުން އެ ސްކޫލު ހިންގަނީ “މައި ޕްރީ ސްކޫލް” ނަމުގަ އެވެ.

އެ ސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ ގޮތުން އެ ސްކޫލުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މައި ޕްރީ ސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ކުދިން ވައްދަން އެދޭ ފަރާތްތަކުން އެޑްމިޝަން ފޯމް ފުރުމަށްފަހު މިމަހު 11 ވަނަ ދުވަހުގެ ކުރިން އެ ކޮލެޖުގެ އޭދަފުށީ އައުޓްރީޗް ސެންޓަރަށް ހުށަހަޅަން ޖެހެއެވެ.

މައި ޕްރީ ސްކޫލުން ބުނި ގޮތުގައި ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 12:00 އަށެވެ.

މައި ކޮލެޖުން ބަހިއްޔާ ޕްރީ ސްކޫލް ހިންގަން ހުށަހެޅި ބިޑުގައިވާ ގޮތުން އެތަނުން ދަރިވަރުންގެ އަތުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 250ރ. އެވެ. އަދި މަހު ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 500ރ. އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ސޮމަދު

    މައި ޕްރީ ސްކޫލް ނަމުގައި އޭދަފުށީގައި ޕްރީ ސްކޫލެއް ރަޖިސްޓްރީކޮށްފައިވާ ކަމަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ރަޖިސްޓްރީން ނުދައްކާ.. މީ މައި ކޮލެޖްގެ ފަރާތުން ހިންގަން އުޅޭ ވަރަށް ބޮޑު ޖަރީމާއެއް… މިކަމާ ރައްޔިތުން ވިސްނާ ސަމާލުވާން ޖެހޭ… ރަޖިސްޓްރީ ނުކޮށް ޕްރީ ސްކޫލެއް ހިންގުމަށާއި ކުދިން ހޯދުމަށް އިއްލާން ނުކުރެވޭނެ….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.