ބ. އަތޮޅު ތައުލީމީ މަރުކަޒަށް ޕްރައިމަރީ އަދި ރިލީފް ޓީޗަރުން ހޯދަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ޕްރައިމަރީ ޓީޗަރުންނާއި ރިލީފް ޓީޗަރުން ހޯދުމަށް އިއުލާން ކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ ސްކޫލަށް 3 ޕްރައިމްރީ ޓީޗަރުންނާއި 5 ރިލީފް ޓީޗަރުން ބޭނުންވެ އެވެ.

ޓީޗަރުންގެ އަސާސީ މުސާރަ އުޅެނީ 7،000 ރުފިޔާ އާއި 10,000 ރުފިޔާއާ ދެމެދުގަ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ ލިބޭނެ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ.

ރިލީފް ޓީޗަރުން ހޯދުމަށް އިއުލާން ކޮށްފައިވަނީ 3 މަސްދުވަހުގެ މުއްދަތަށެވެ. ރިލީފް ޓީޗަރުންގެ މުސާރަ އުޅޭނީ 4500 ރުފިޔާ އާއި 6000 ރުފިޔާ އާ ދެމެދުގަ އެވެ.

ތައުލީމީ މަރުކަޒުގެ އިއުލާނެއްގައި ބުނެފައި ވަނީ ޕްރައިމަރީ ޓީޗަރުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އެ ސްކޫލަކަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި ރިލީފް ޓީޗަރުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުން މިމަހު 10 ވަނަ ދުވަހުގެ ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ހަފްތާއަކަށް ވެފައިވާ އިރު މިދިޔަ ހަފުތާ އިން ފެށިގެން ގިނަ ސްކޫލުތަކަކުން އަންނަނީ ޓީޗަރުން ހޯދުމަށް ގެޒެޓުގައި އިއުލާނު ކުރަމުންނެވެ.

މި އަހަރުގެ ކިޔެވުން ފެށޭނީ މި މަހު 14ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.