ބަންބުޗް ޔުނައިޓެޑް ވިކްޓްރީއަށް

އޭދަފުށީގެ ޒުވާން ފޯވަޑް އަޙްމަދު ސުހައިލް (ބަންބުޗް) މިއަހަރުގެ ފުޓުބޯޅަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ކުޅެން އެ ކުލަބާއެކު އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އޭނާ ޔޫވީއަށް ސޮއިކުރީ، ވިކްޓަރީއާއި ކުލަބް ވެލެންސިޔާއިން ވެސް އޭނާގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

2014 ވަނަ އަހަރު ނިއުރޭޑިއަންޓުގެ ނޫ ޖާޒީގައި ސީނިއާ ކެރިއަރު ފެށި ބަންބުޗު ވަނީ އެ ޓީމުގައި ވޭތުވެދިޔަ ހަތަރު އަހަރު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާ ޓީސީ އާ ގުޅުނީ މިދިޔަ އަހަރުގެ މާލޭ ލީގު ނިންމުމަށްފަހު ސީޒަން މެދުތެރެއިން އައި ޓްރާންސްފާ ޕީރިއަޑުގަ އެވެ. ނިއުގައި ގިނަ މެޗުތަކެއް ކުޅެ، މުހިއްމު ގޯލުތަކެއް ޖަހައިދިނުމަށްފަހު، 2017 ވަނަ އަހަރުގެ ސީޒަން ފަހުކޮޅު ޓީސީއަށް ބަދަލުވި ނަމަވެސް، ޓީސީގައި ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ބެންޗުގަ އެވެ.

2015 ވަނަ އަހަރު 23 އަހަރުން ދަށުގެ ޤައުމީ ޓީމަށްވެސް ކުޅެފައިވާ ބަންބުޗު ވަނީ 23 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައިވެސް ކުޅެފަ އެވެ. އަދި 2016 ވަނަަ އަހަރު ބަންގްލަދޭޝްގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތުގައި ސީނިއާ ގައުމީ ޓީމުގައިވެސް އޭނާ ކުޅެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.