ބަނގުރާ ފުޅިތަކަކާއެކު ތުޅާދޫން މީހަކު ހައްޔަރުކޮށްފި

ތުޅާދޫއިން ހައްޔަރުކުރި މީހާ ބަލައިފާސްކުރިއިރު ފެނުނު ބަނގުރާ ފުޅިތައް —

ބ. ތުޅާދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާއެކު އެރަށުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ބ. އަތޮޅުގައި އޮންނަ ރިސޯޓަކުން ތުޅާދޫއަށް އައި ތަނުން ޖެނުއަރީ 7 ވަނަ ދުވަހުގެރޭ 10:00 ހާއިރުއެވެ. އެމީހާ ހުއްޓުވައި ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ސޯޓުތެރެއަށް ޖަހާފައިވަނިކޮށް ބަނގުރާ ދެ ފުޅި ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ތުޅާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Azy

    Banguraa fulhi thakakaa eku Thulhaadhoo in meehaku hayyaru kurumakee hairaan vaanvee kameh noon. E rashugai ginaee “boanvaane, bovenvaane” ey bunaa meehaa ah thabaa vegen ulhey meehun

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.