ކޮންޑެނާސްޓް ޓްރެވަލާސްގެ ގޯލްޑް ލިސްޓްގައި ސޮނެވާފުށި ހިމެނިއްޖެ

ސޮނެވާފުށި

އެމެރިކާގެ މަޝްހޫރު ޓްރެވަލް މަޖައްލާއެއް ކަމަށްވާ ކޮންޑެނާސްޓް ޓްރެވަލަސްގެ މިއަަހަރުގެ ގޯލްޑް ލިސްޓްގައި ބ. އަތޮޅުގައި ހިންގާ ސޮނެވާފުށި ރިސޯޓް ހިމެނިއްޖެ އެވެ.

.
އެ މަޖައްލާއިން ބުނެފައިވާ ގޮތުގައި ސޮނެވާފުއްޓަކީ ހުރިހާ ފަންތިއެއްގެ މީހުނަށް ވެސް ކަމުދާނެފަދަ ރިސޯޓެކެވެ. އަދި އެ ރިސޯޓުން ލިބެންހުރި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން އެ މަޖައްލާއިން ވަނީ ފާހަގަކޮށްފަ އެވެ.

ކޮންމެ އަހަރަކު ކޮންޑެނާސްޓް އިން ނެރޭ ގޯލްޑް ލިސްޓަކީ ދުނިޔޭގެ އެންމެ ރަނގަޅު ހޮޓެލްތައް ހިމަނައިގެން ނެރޭ ލިސްޓެކެވެ.

ކޮންޑެނާސްޓް ޓްރެވަލާސްގެ މިއަހަރުގެ ގޯލްޑް ލިސްޓްގައި ސޮނެވާފުށި ހިމެނުނުއިރު، އެ ރިސޯޓް ވަނީ އެ މަޖައްލާއިން ހޮވާ ރީޑާސް ޗޮއިސް އެވޯޑްގެ އެންމެ ރަނގަޅު ރިސޯޓްގެ މަޤާމާއި، މިދިޔަ އަހަރު އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގްރީން ހޮޓެލިއާ އެވޯޑްވެސް ހޯދާފަ އެވެ.

ސޮނެވާފުއްޓަކީ ޔުނެސްކޯއިން ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ބަޔޯސްފިއާ ރިޒާވްގައި ހިންގާ ކާމިޔާބު ރިސޯޓެކެވެ. އެ ރިސޯޓުގައި 57 ބީޗް ވިލާ ހިމެނެއެވެ. އެއީ އެއް ކޮޓަރިން ފެށިގެން 9 ކޮޓަރި ހިމެނޭ ވިލާތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.