މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި ދޯންޏެއް ސޮނެވާފުށި ރިސޯޓް ކައިރީ އޮންނަ ނެލިވަރު ފިނޮޅު ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ، ރޭ ދަންވަރު 2:30 ގައި ހިނގުމާއެކު އެމްއެންޑީއެފް ޑަރިވަރުން ގޮސް ފައިވާ ކަމަށާއި ފަރަށް އެރި 75 ފޫޓުގެ “ފަޒާ” އަކީ ރ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރު ކުރި ދޯންޏެއް ކަމަށެވެ.
އެ ހާދިސާ ހިނގިއިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިއްބެވެ. އަދި ހާދިސާގައި ދިވެހި މީހާއަށް އަނިޔާވެފައިވާތީ އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.
ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.