ޕެނަލް ބޯޑުގެ މަސައްކަތެއް ކުރުމަށްޓަކައި މިއަދާ މެންދުރުފަހު މުޅި ރަށުން ކަރަންޓް ކަނޑާލާނެ ކަމަށް ފެނަކަ އޭދަފުށީ އިންޖީނުގެ އިން ބުނެފި އެވެ.
ފެނަކަ އޭދަފުށީ އިންޖީނުގެއާ ހަވާލާދީ އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި، ޕެނަލް ބޯޑުގެ ބޮޑު މަސައްކަތެއް ކުރުމަށްޓަކައި ކަރަންޓް ކަނޑާނީ މިއަދާ މާދަމާ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 6:00 އަށެވެ.
މިގޮތަށް ގިނަ ވަގުތަށް ކަރަންޓް ކަނޑާލަން ޖެހުމުން އާންމުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ.
އެހެންވެ މި ވަގުތު ތަކުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން މާފަށް އެދެއެވެ.