ކިހާދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި

ބ. ކިހާދޫ ކިޑްސް ޖަމިއްޔާއާއި ޓޮޕްސީ ޓްރެއިނިން ސެންޓަރު ގުޅިގެން އެރަށުގައި ފަހަންދަސްކޮށްދޭ ކޯހެއް ފަށައިފި އެވެ.

ކިޑްސް އިން ބުނި ގޮތުގައި މި ކޯހަކީ އެ ޖަމްއިއްޔާގެ އެއް މަގުސަދު ކަމައްވާ ތައުލީމާއި ހުނަރުވެރިކަމުގެ ތެރެއިން މުޖުތަމައުގެ އަފުރާދުންގެ ވިސްނުން ތަރައްޤީ ކުރުމުގެ މަގުސަދުގައި ހިންގޭ ކޯހެކެވެ.

ކިޑްސް ޖަމިއްޔާއިން ބުނީ 36 ދަރިވަރުންނާއެކު އިއްޔެ ފެށި މިކޯހުގައި ކިޔަވާދެއްވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރުވެސް ތަފާތު އެކިކޯސްތައް ހިންގަމުންގެންދަވާ ޓޮޕްސީ ޓްރެއިނިން ސެންޓަރުގެ މުދައްސިރެއް ކަމަށެވެ. މި ކޯހުގައި ކިޔަވައިދެނީ ފެހުމުގެ ބޭސިކް ބައިތަކެވެ.

އެގޮތުން ފޮތިފަށް، އެޅުމާއި، ގިރުވާން ލުމާއި، ޖީބުހަރުކުރުމާއި، އަތްތައްގުޅަން ދަސްކުރުމާ، ޒިބުހަރުކުރަން ދަސްކުރުމާއި، ރޫޖައްސަން ދަސްކޮށްދެވޭނެ ކަމަށް ޓޮޕްސީ ސެންޓަރުން ބުންޏެވެ. އަދި މިންތައް ގައިން ނަގާދޭނެގޮތާއި، ހެދުމަކުން މިންނަގައިގެން ކަނޑާ ފަހާނެގޮތްތަކުގެ އިތުރުން އާދައިގެ ހުރިހާ އަންހެން ހެދުންތަކާއި، ޔުނީފޯރމް، ކުޑަކުދިންގެ ހެދުމާއި، ސްކާޓް، ބަނޑުބޮޑުހެދުމާއި، އަންހެނުންގެ ބެލްސްއާއި، އަންހެންގަމީސް، ފަޓްލޫން، ފިރިހެނުންގެ ގަމީސް ފަހަން ވެސް ދަސްކޮށްދޭނެ އެވެ.

ކިޑްސް އިން ބުނި ގޮތުގައި މިކޯސް ކުރިއަށް ގެންދަނީ ކިހާދޫ ކައުންސިލްގެވެސް ވަރައްބޮޑު އެހީތެރިކަމަކާއެކު އެވެ. އެގޮތުން މިކޯހުގައި ކިޔަވާދެއްވަވާ މުދައްރިސް ހުރުމުގެ އިންތިޒާމް ހިލޭ ހަމަޖައްސަވާދެއްވާފައިވާތީ ކީހާދޫ ކައުންސިލައްށް ކިޑްސް ގެފަރާތުން އަދާކުރެ އެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.