ރަންނާ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ރަންނާ އެވޯޑް ދިނުމަށް ބޭއްވި ޖަލްސާޣައި ހޯމް މިނިސްޓަރު އަބްދުއްރައްޒާގު މުހައްމަދުއަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެނީ– އީޓީ ފޮޓޯ / ތޯރިގް

ބ. އަތޮޅު ކައުންސިލުންދޭ “ރަންނާ އެވޯޑް” އަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރީ އަންނަ ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވެފައި އެ ދުވަހު ކުރިމަތިލާން ތިބޭ ފަރާތްތަކަށް އެ ފުރުސަތު ގެއްލިގެންދިޔަ ނުދިނުމަށްޓަކައެވެ. މިއީ މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

ރަންނާ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އަތޮޅަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު ތައާރަފުކުރި އެވޯޑެކެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، ބ. އަތޮޅަކީ ހުރިހާ ދާއިރާ އަކުން ވެސް ފަންނީ ގާބިލް ބޭފުޅުން ތިބި އަތޮޅެއް ކަމަށާއި މި އެވޯޑް ހަފްލާއަކީ ވެސް މުޅި ބ. އަތޮޅު ދައްކުވައިދޭނެ ހަފްލާއެއް ކަމަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.