ބ. އަތޮޅު ކައުންސިލަށް މި އަހަރު ލިބޭނެ ކަމަށް ލަފާ ކުރެވޭ އާމްދަނީ އާއި ދައުލަތުން ކައުންސިލަށް ދެއްވާފައިވާ ބަޖެޓް ހިމަނައިގެން ކައުންސިލްގެ ބަޖެޓް ފާސްކޮށްފި އެވެ.
ކައުންސިލުން ބުނީ މި އަހަރަށް ފާސް ކުރި މުޅި ބަޖެޓްގެ ޖުމުލައަކީ -/5963995ރ. (ފަސްމިލިއަން ނުވަސަތޭކަ ފަސްދޮޅަސް ތިންހާސް ނުވަސަތޭކަ ނުވަދިހަ ފަސްރުފިޔާ) އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ކައުންސިލްގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް އައުމާ ގުޅިގެން މިދިޔަ އަހަރުން ފެށީގެން ކައުންސިލަށް ލިބެމުން އައި އާމްދަނީ ވަނީ ވަރަށް ބޮޑުތަން ދަށް ވާން ފަށައިފަ އެވެ.
އެގޮތުން މި އަހަރުގެ ބަޖެޓް ފާސް ކުރި އިރު ކައުންސިލަށް މި އަހަރު ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީއަކީ -/1282014ރ. (އެއްމިލިއަން ދުއިސައްތަ އަށްޑިހަ ދެހާސް ސާދަ ރުފިޔާ) އެވެ. ދައުލަތުން ބ. އަތޮޅު ކައުންސިލަށް މިއަހަރު ދީފައިވަނީ، -/ 4681981ރ. (ހަތަރު މިލިއަން ހަސަތޭކަ އަށްޑިހަ އެއްހާސް ނުވަސަތޭކަ އަށްޑިހަ އެއް ރުފިޔާ) އެވެ.
ލާރި ކާމީހުންނަ ރަނގަޅެއްނުން ރަށަކަ ތީގެން ވާނެ ފައިދާއެއް ނެތް