ފުޅަދޫ ސްކޫލް ސްކޫލުގައި ވާޗުއަލްކޮށް ކިޔަވައިދެނީ

ފުޅަދޫ ސްކޫލުގެ ދަރިވަރުންތަކެއް. އެ ސްކޫލުގައި މިއަހަރު ކިޔަވައިދޭނީ ވާޗުއަލްކޮށް

އިންޓަނެޓްގެ ޒަރީއާ އިން ވީޑިއޯ މެދުވެރިކޮށް (ވާޗުއަލްކޮށް) ކިޔަވައިދޭން ބ. ފުޅަދޫ ސްކޫލު ހިމެނޭ ގޮތަށް ރާއްޖޭގެ 9 ސްކޫލެއް އިސްކަންދަރު ސްކޫލާ ގުޅުވާލައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ވާޗުއަލްކޮށް ކިޔަވައިދިނުމުގެ މި މަޝްރޫއުގެ ދަށުން ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދު އަށް ސްކޫލެއްވަނީ އިސްކންދަރު ސްކޫލާ ގުޅާލައިފަ އެވެ. އެއީ ފުޅަދޫގެ އިތުރުންން ހއ. ތަކަންދޫ، ހއ. މޮޅަދޫ، ނ. ފޮއްދޫ، ނ. މަންދޫ، އދ. ދިއްދޫ، މ. ރަތްމަންދޫ، މ. ވޭވަށް އަދި ގއ. ކޮނޑޭ އެވެ. އެ ސްކޫލްތަކުގެ ދަރިވަރުންނަށް ވާޗުއަލްކޮށް ކިޔަވައިދޭނީ މާލޭގެ އިސްކަންދަރު ސްކޫލްގައި އެކަމަށް ޚާއްސަކޮށްފައި ހުންނަ ކްލާސްރޫމެއްގައި ތިއްބަވާ ޓީޗަރުންނެވެ.

މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު ވިދާޅުވީ ތައުލީމީ ދާއިރާ އަށް މުހިއްމު އިންގިލާބީ ބަދަލުތަކެއް އަންނަ އިރު އެންމެ ބޮޑު އިސްކަމެއް ދެނީ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ގޮތުން ދުނިޔެ ތަރައްގީވެ ކުރިއަރައިގެން އަންނަ ވަރަކަށް ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތަކަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ދަރިވަރުން ހޭލުންތެރިކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

އިސްކަންދަރް ސްކޫލާއެކު މި ނުވަ ސްކޫލްގެ ކިޔެވުން އަންނަ ހަފުތާގައި ފަށާނެ އެވެ.

އިއްޔެ އިފްތިތާހުކުރި މަޝްރޫއުގެދަށުން ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ކިޔަވައިދިނުމަށް ނުވަ ސްކޫލެއްގައި ވަނީ ހުރިހާ ވަސީލަތެއް ގާއިމްކޮށްފަ އެވެ. އެކަމަށް ހަރަދުކޮށްފައިވަނީ ވޯލްޑް ބޭންކް އިން ލިބުނު ލޯނު އެހީގެ ދަށުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ނުވަ ސްކޫލުގައި ވެސް އެކި ދުވަސްތަކަށް ބަހާލައިގެން ވީޑިއޯ ކޮންފަރެންސްކޮށް އެކި ގްރޭޑްތަކުގެ އެކި ގަޑިތައް އިސްކަންދަރް ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންނާއެކު އެ ސްކޫލްތަކުގައި ކިޔަވައިދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.