އަމިއްލަ ބަޔަކު އިސްނަގައިގެން އޭދަފުށީ ގަބުރުސްތާނު ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި މި މަސައްކަތް ހިލޭ ސާބަހަށް ކުރަނީ މިރަށުގައި މަސައްކަތް ކުރަމުން އަންނަ ކޮންސްޓްރަކްޝަން ކުންފުންޏަކުންނެވެ.
“މި މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް އެ ކުންފުނިން ކައުންސިލުގައި އެދުނީމަ ކައުންސިލުން ހުއްދަ ދީގެން ކުރަނީ،”
ތޮލާލު ވިދާޅުވީ ގަބުރުސްތާނުގެ ވިނަ ނޮޅައި ސާފުކުރުމުގެ އިތުރުން އެތަނުގެ ވަށާފާރު ވެސް ހިލޭ ސާބަހަށް އެ ކުންފުނިން މަރާމާތު ކުރާނެ ކަމަށެވެ.
މީގެ ކުރިން ކައުންސިލުން ގަބުރުސްތާން ވިނަ ނޮޅައި ސާފުކުރަނީ އެސްޓިމޭޓް އުސޫލުން ބަޔަކަށް ކުއްޔަށް ދީގެންނެވެ.