ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އޭލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެ އެވެ.
އަތޮޅު ތެރޭގައި ފުރަތަމަ އޭލެވެލް އަށް ކިޔަވައިދޭން ފެށި ސްކޫލުތަކުގެ ތެރޭގައި ހިމެނޭ އެ ސްކޫލުގައި އޭލެވެލުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ސްކޯލަޝިޕްތަކެއް ދަނީ ދެމުންނެވެ.
އެ ސްކޫލުން ބުނިގޮތުގައި އޭލެވެލް ކްލާސްތަކުގެ ކިޔެވުން އަންނަ ފެބްރުއަރީމަހު ފުރަތަމަ ހަފްތާތެރޭ ފަށާނެ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށީ 2001ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން އޭލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާތަކެއް އެ ސްކޫލުން ކޮންމެ އަހަރަކުވެސް އަންނަނީ ހޯދަމުންނެެވެ.
_____________________________________________________________________________________