ޕެޓްރޯލާއި ޑީސަލް ޝެޑެއް އޭދަފުށީގައި ހުޅުވައިފި

ވައިޓް ވޯލް ތެޔޮ ޝެޑުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ

އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ޕެޓްރޯލާއި ޑީސަލް ޝެޑެއް އޭދަފުށީގައި ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.

މި ޝެޑަކީ އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރަމުންދާ ވައިޓްވޯލް އިން ހުޅުވި ޝެޑެކެވެ . މިދިޔަ މަހު ފަހުކޮޅު ހުޅުވި މި ޝެޑު ހަދާފައިވަނީ މިރަށު ބަނދަރުގެ އިރުމަތީ ސަރަހައްދުގަ އެވެ. މިއީ މިރަށުގައި ހުޅުވި ފުރަތަމަ ތެޔޮ އަޅާ ޝެޑެވެ.

ވައިޓްވޯލުން ބުނީ ޝެޑް ހުޅުވައި ހިދުމަތް ދޭން ފެށުމުން މިރަށުގައި ވެލިކަލް ގެންގުޅޭ ފަރާތްތަކަށާއި ލޯންޗުފަހަރު ގެންގުޅޭ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބި ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށެވެ.

ވައިޓް ވޯލް ތެޔޮ ޝެޑް،

ތެޔޮ ޝެޑް ހުޅުވުމުގެ އިތުރުން ވައިޓް ވޯލުން ވަނީ ދަތުރުވެރިންނަށް ބަނދަރު ސަރަހައްދުން ހިލޭ ފަސޭހައިން ފެން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައިދީފަ އެވެ.

ވައިޓް ވޯލުން ތެލުގެ ވިޔަފާރީގެ އިތުރުން ހާޑްވެއާ އާއި ގާމަންޓްސް އާއި ފަރުނީޗަރު އަދި ގޭހުގެ ވިޔަފާރިވެސް އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.