ދިރާގު ޓީވީއާއި ފައިބަ ބްރޯޑްބޭންޑް ކުޅުދުއްފުއްޓަށް

ދިރާގު ޓީވީ އާއި ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ހދ. ކުޅުދުއްފުއްޓަށް ދޫކޮށްލައިފި އެވެ.

 

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ހައިސްޕީޑް ފައިބަ ގެ ހިދުމަތް ތައާރަފުކޮށްދެއްވީ، ކުޅުދުއްފުށީގއަި އިއްޔެ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ.

މުވާސަލާތީ ކުންފުނި ދިރާގުން ފޯރުކޮށްދޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގުޓީވީގެ އިމްޓްޑަކްޓަރީ ޕެކޭޖްގައި 80 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު އެ ޕެކޭޖުގެ އަގަކީ 300 ރުފިޔާއެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވީނަމަވެސް ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް އިންޓަނެޓް ހޯދުމަށް އިތުރު ހަރަދެއް ކުރަން ނުޖެހުމުގެ އިތުރުން އިންޓަނެޓްގެ ޔޫޒޭޖް އެލަވަންސަކަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ.

ހިދުމަތްފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހުގެ ހަތް ވަނަ ދުވަހު ދިރާގުން ވަނީ ޅ. ހިންނަވަރާއި ޅ. ނައިފަރަށް ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކޮށްފައެވެ.

ދިރާގުން ދަނީ މިހާރު ވެސް ދިރާގު ޓީވީ އަދި ފައިބާގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. އެ ޕްރޮމޯޝަނުގައި ދިރާގު ފައިބާ ހިލޭ ގުޅައި ދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަގާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބެއެވެ.

ދިރާގުގެ ފައިބަ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެގެ އިތުރުން 17 އަށްވުރެ ގިނަ ރަށަށް ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުން ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.