ބ. ހިތާދޫގައި ހާޑުވެއާ ފިހާރައެއް ހުޅުވައިފި އެވެ.
ޒަމާނީ ވަސީލަތްތަކާއެކު “ނަމޫނާ ހާޑުވެއާ” ގެ ނަމުގައި ހުޅުވި މި ފިހާރަ ހުންނަނީ އެރަށު ލައިޓުހައުސް ގޭގަ އެވެ.
މި ހާޑުވެއާގައި މީގެ ކުރިން ހިތާދޫގައި ވިއްކަން ނުހުންނަ ތަފާތު އެކި ވައްތަރުގެ ހާޑުވެއާރ ލިބެން ހުންނާނެކަމަށް އެފިހާރައިން ބުނެއެވެ. އެގޮތުން މިހާރު އެންމެ ގިނައިން ބޭނުން ކުރާ ވައްތަރުގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ބައިސްކަލު ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
ނާމޫނާ ހާޑުވެއާ އިން ބުނީ ކައިރި މުސްތަގުބަލުގައި ރަށުން ބޭރަށް ނުގޮސް ރައްޔިތުންނަބޭނުންވާ ހާޑުވެއާގެ ހުރިހާ ބާވަތެއްގެ މުދާ އެ ފިހާއިން ލިބެން ހުންނާނެ ކަމަށް ކަމަށެވެ.
މި ފިހާރައަކީ ހިތާދޫގައި ފުރަތަމަ ފަހަރަށް ކޮމްޕިއުޓަރައިޒް ކޮށް ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކޮށްފައިވާ ފިހާރައެވެ. އަދި އެ ރަށުގަިއ ހުޅުވި ފުރަތަމަ ހާޑްވެއާ ފިހާރަ އެވެ.