ކޮންމެ ހޯމަ ދުވަހަކު އަތޮޅުފެރީގެ ހިދުމަތް ހިލޭ

ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ބ. އަތޮޅު ރައްޔިތުންނަށް އަތޮޅު ފެރީގެ ހިދުމަތް ހިލޭ ދޭން ފަސްމުގޫ ގްރޫޕުން ނިންމައިފި އެވެ.

ބ. އަތޮޅުގައި އެމްޓީސީގެ ފެރީ އޮޕަރޭޓްކުރާ ފަސްމުގޫ ގްރޫޕުން ބުނި ގޮތުގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ފެރީގެ ހިދުމަތް ހިލޭ ދޭން ނިންމީ އެމްޓީސީސީން ދެމުން އަންނަ ފެރީގެ ހިދުމަތް ހޯމަ ދުވަހު ނޯންނާތީވެ، އެކަން ހައްލުކޮށްދިނުމަށް އަތޮޅުގެ ގިނަ ބަޔަކު އެދެމުން އަންނާތީ އެވެ.

އެމްޓީސީސީން ބ. އަތޮޅުގައި ދެމުންއަންނަ އަތޮޅު ފެރީގެ ހިދުމަތް އޮންނަނީ ހަފްތާގެ ހޯމަ އަދި ހުކުރު ނޫން ކޮންމެ ދުވަހަކުވެސް އޮވެއެވެ.

ބ. އަތޮޅުގަިއ ފުޅާ ދާއިރާއެއްގަިއ ވިޔަފާރި ކުރާ ފަސްމުގޫ ގްރޫޕުން ބުނީ ފެރީ ނިޒާމް މިހާރު އޮންނަގޮތުން އާންމު ރައްޔިތުން ބޭނުންވާ މުދާ އުފުލުމަށްވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަމަށެވެ.

އެމްޓީސީސީން ދެމުން އަންނަ އަތޮޅު ފެރީގެ ހިދުމަތުން ކޮންމެ ދަތުރުވެރިއެއްގެ އަތުން ކޮޅަކަށް 20 ރުފިޔާ އަދި އުފުލާ ދާގީނާއަކަށް 5 ރުފިޔާ ޗާޖުކުރެއެވެ.

ނަމަވެސް ފަސްމުގޫ ހޯމަ ދުވަހު ހިލޭ ބާއްވާ ދަތުރުގައި ކޮންމެ ރައްޔިތަށްވެސް އެއްވެސް އަގަކާ ނުލާ ކޮންމެ އެއްޗެއް ރަށަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އެ ގްރޫޕުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކު ރ.އަތޮޅު ފެރީ ދޯނިތައް ދަތުރުކުރޭ. ކޮންމެ ރަށަކަށް ދިޔައަސް މީހަކު އަތުން ނަގަނީ -/10 ރުފިޔާ. ފޮށިގަނޑަކުން -/5 ރުފިޔާ. ބ.އަތޮޅުގައި ތަފާތު ވެގެން މި އުޅެނީ ކީއްވެ ބާ؟ ރ.އަތޮޅުގައި ވެސް ފެރީގެ ޚިދުމަތް ދެނީ އެމް.ޓީ.ސީ.ސީ އިން.

    ރައްދު
  2. ގޮއިދޫ ނިޒާމް

    އެއްދުވަހުވެސް ފަޅުތެރޭމީހުންނަށް ޑައިރެކްޓު ފެރީއެއް ބާއްވަދީބަލަ. މިހާރު ދަތިރުނިމެނީ 6ކުން 6ކަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.