އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އަލަށް ހިޔާރުކުރާ ކަސްޓަމަރުންނަށް، އެއް އަހަރުގެ މުއްދަތަށް މަހުފީ އިން %30 ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް އުރީދޫން މިއަދު ފަށައިފި އެވެ.
އުރީދޫން ބުނީ ހެޔޮއަގުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑު ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ދަށުން، ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދެނީ އެކްޓިވޭޝަން ފީ އަކާއި ނުލައެވެ. އަދި އަލަށް މި ހިދުމަތް ނަންގަވާ ކަސްޓަމަރުންނަށް އެއް އަހަރުދުވަސް ވަންދެން މަހު ފީން %30 ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވި ގޮތުގައި މިއަދުގެ ދުނިޔޭގައި، ކާމިޔާބީ އާއި ހަމައަށް ވާސިލްވުމަށް އިންޓަނެޓްގެ ދައުރު ވަނީ ވަރަށް މުހިންމުވެފައެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފުން ކޮންމެ ބޭފުޅަކަށްވެސް ހައްޤުވެގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“އުރީދޫގެ އަމާޒަކީ އެއްދުވަހުން އަނެއްދުވަހަށް ނެޓްވަރކް ވަރުގަދަކޮށް، ވީހާވެސް ގިނަ ބޭފުޅުންނަށާއި، ގެތަކަށާއި، ވިޔަފާރިތަކާއި ހަމައަށް ވާސިލުވުން. މިގޮތުން، އަޅުގަނޑުމެންގެ ސުޕަރނެޓްގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ނުހަނު އަހަންމިއްޔަތުކަން ދޭކަމެއްކަމުން، އަޅުގަނޑުމެންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ތަޢާރަފްކުރެވިގެންދަނީ ވަރަށް ހިތްގައިމު ޕްރޮމޯޝަނެއް.” ނަޖީބް ޙާން ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ފޯރުކޮށްދޭ އެންމެ ސްޕީޑް ބާރު އިންޓަނެޓް ޕެކޭޖާ އެކު، އުރީދޫން “ސުޕަނެޓް”ގެ ނަމުގައި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފެށީ މިދިޔަ 2016 ވަނަ އަހަރު އެވެ. އުރީދޫން އަންނަނީ ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖްތައް ފޯރުކޮށްދެމުންނެވެ.


