ތުޅާދޫ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީނާ އެކުކަން އަންގައި ދިނުމުގެ ގޮތުން އެރަށުގައި މިއަދު ހަވީރު ހިނގާލުމެއް ބާއްވައިފި އެވެ.
ޕީޕީއެމް ތުޅާދޫ ގޮފިން އިސްނަގައިގެން ބޭއްވި މި ހިނގާލުން ކުރިއަށް ގެންދިޔައިރު، އެ ހިނގާލުމުގެ ބައިވެރިން ތިބީ ރައީސް ޔާމީނަށް ތާއިދުކޮށް ތަފާތު ޝުއޫރު ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެންނެވެ.
އެގޮތުން ގިނަ މީހުން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވާ ލިޔުންތަކުގެ ތެރޭގައި، “ތުޅާދޫގެ އުއްމީދުތައް ރައީސް ޔާމީނާއެކު”، ” ޒުވާނުން ބޭނުންވަނީ ރައީސް ޔާމީން”، “ތުޅާދޫގެ ތަރައްގީގެ ބާނީ ރައީސް ޔާމީން”، ޒުވާނުންގެ ކުރިމަގު – ރައީސް ޔާމީން” ހިމެނެ އެވެ.
ތުޅާދޫގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ރައީސް ޔާމީނާ އެއްކޮޅު އެއްވުންތައް މިއަދު ހަވީރު ބާއްވާފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ. އަދި ރައީސް ޔާމީނަށް ތާއީދުކޮށް ޕީޕީއެމުން މިއަދު ހަވީރު މާލޭގައި ވެސް ވަނީ ބޮޑު ރެލީއެއް ބާއްވައިފަ އެވެ. އެ ރެލީގައި ރައީސް ބައިވެރިވެ ވަޑައިގެން ރަސްމީކޮށް ކެމްޕޭން ފެށީކަން ވަނީ އިއުލާން ކުރައްވާ އެވެ.