ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭ ގައި އެންމެ ފަހުގެ ރަނާއަޕް ޑްސިޓް ތާނީ މޯލްޑިވްސް އަތުން 2- 0 އިން މޮޅުވެ، އަނަންތަރާ ކިހަވައްވިލާސްގެ ފެށުން ރަނގަޅުކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، 25 ވަނަ މިނިޓްގައި ޑުސިޓަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ލިބުނު ޕެނަލްޓީ އަހްމަދު ނިޒާމު ޖެހުމުން އަނަންތަރާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
އަނަންތަރާ އިން ލީޑު ނެގީ މެޗުގެ 81 ވަނަ މިނިޓުގައި އަލީ ވިޝާމު ޖެހި ލަނޑުންނެވެ. އަދި އޭގެ ދެ މިނިޓް ފަހުން އާދަމް ލައިނާޒު ވަނީ އަނަންތަރާގެ ލީޑު ފުޅާކޮށްދީފަ އެވެ.
އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ދޭއްގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސޮނެވާފުއްޓާއި ކިހާދުއްފަރު ރިސޯޓް އެވެ.
މި އަހަރު ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި 6 ރިސޯޓުން ވާދަކުރާއިރު، މުބާރާތުގެ ސެމީއަށް ދާނީ ދެ ގްރޫޕުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.