މިދިޔަ އަންގާރަ ދުވަހުގެރޭ އޮލިމްޕަހުގައި ޕްރިމިއާކުރި “ދެވަންސޫރަ” އޭދަފުށިގައި އަޅުވަން ނިންމައިފި އެވެ.
ފަހަކަށް އައިސް މިރަށުގައި ފިލްމު އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނީ މަލްޓިޕާޕަސް ހޯލުގައި “ދެވަންސޫރަ” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ.
ފިލްމުގެ ޓިކެޓް ވިއްކާނީ -/100ރ އަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ މި ފިލްމަކީ ސިއްރު މަރެއްގެ ހަގީގަތާ ހަމައަށް ދާން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ސަސްޕެންސް ތުރިލާއެކެވެ.
ޔޫއްޕެ އާއި ފައިސަލްގެ އިތުރުން “ދެވަންސޫރަ” ގެ ކާސްޓުންގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސައީދު، އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަޒްލީމް، އިބްރާހީމް ޖިހާދު (ޖިމީ)، ޖާދުﷲ އިސްމާއީލް (ޖާދު)، އަދި އަހުމަދު އީސަ (އާނަންދު) ފަދަ ތަރިން ހިމެނެ އެވެ.
މި ތަރިންނާ އެކު ފިލްމްގެ ލީޑް ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ އަލަށް ތައާރަފުވާ މަރިޔަމް ޝިފާ އެވެ