ސިއްހީ ހިދްމަތުގެ ރަންޔޫބީލަށް ފައިސާ ހޯދަން ފަންޑް ފޮއްޓެއް

ބ. އަތޮޅު ސިއްހީ ހިދުމްތުގެ ރަން ޔޫބިލް ފުރުން ފާހަގަކުރުމަށް ފައިސާ ހޯދުމަށް، ބ. އަތޮޅު ހޮސްޕިޓަލުގައި ފަންޑް ފޮއްޓެއް ބަހައްޓައިފި އެވެ.

މިއަތޮޅުގެ ސިއްހީ ހިދުމަތުގެ ރަންޔޫބިލް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ފައިސާ ހޯދުމަށް އެ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބެހެއްޓި ފަންޑުފޮށި ހުޅުވައިދެއްވީ، އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު ވިދާޅުވީ މި ފަންޑަށް ބ. އަތޮޅުގެ އާންމު ފަރުދުންނާއި، ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާކަމަށެވެ.

ރަންޔޫބިލް ހަރަކާތަށް ފައިސާ ހޯދުމަށް މިއަދު ފަންޑް ފޮއްޓެއް ބެހެއްޓިއިރު، މިދިޔަ ހޮނިހިރު ދުވަހު އެ ހޮސްޕިޓަލުގެ މުވައްޒަފުން ބޭއްވި ޖަމްބަލް ސޭލުން ވަނީ 15000ރ ހޯދައިފަ އެވެ.

މިއަތޮޅުގެ ސިއްހީ ހިދުމަތުގެ ރަންޔޫބިލް ކުލަގަދަކޮށް ފާހަގަ ކުރުމަށް އަތޮޅު ހޮސްޕިޓަލުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރީތައް ވަމުންނެވެ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި ރަންޔޫބިލްގެ ހަރަކާތްތައް ކުރިއަށްދާނީ އަހަރުގެ އެކި ދުވަސްތަކަށް ބަލާލައިގެންނެވެ.

އެގޮތުން މި ހަރަކާތުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމާފައިވަނީ މިއަހަރުގެ ސިއްހަތު ދުވަހާ ގުޅުވައިގެން އަންނަ އޭޕްރިލް 7 ގައި ކަމަށް ހޮސްޕިޓަލުން ކުރިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.