
އޭދަފުށީ އުތުރުފަރާތުގައި އާއްމުން މޫދަށްއެރި އުޅޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ކުނި ޖަމާވެ، ގިނަ ދުވަސްވެފައި އޮތުމުން މިރަށު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލަބް ދަ ބިގިނާސް (ޓީބީ) އިން އެ ސަރަހައްދު ސާފުކޮށްފި އެވެ.

އެ ކްލަބުގެ މެންބަރުން ވެގެން މިއަދު މެންދުރުކުރި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ސަރަހައްދުން ގިނަ އަދަދެއްގެ ކުނި ނަގާފައިވެ އެވެ.

އޭގެ ތެރޭގައި ޕްލާސްޓިކް ފުޅި އާއި ލުއިބުއިން ހުސްކުރި ދަޅާއި ޕެކެޓް ފަދަ ތަކެތި ނަގާފައިވެ އެވެ. އެ ތަކެތި ނެގުމަށްފަހު ކުނި ކޮށްޓަށް ގެންގޮސް ނައްތާލާފައިވާނެ ކަމަށް އެ ކްލަބުން ބުންޏެވެ.
އެ ކްލަބުން ބުނި ގޮތުގައި މިއަދު އެ ސަރައްދު ސާފު ސާފުކުރިއަސް އެންމެ މުހިއްމީ އަބަދުވެސް ސާފުތާހިރުކޮށް ރަށް ބޭއްވުމެވެ. އެގޮތުން ބަނދަރުގެ އެކި ސަރަހައްދު ތަކުގަ އާއި އާއްމުކޮށް މީހުން ގޮސްއުޅޭ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކަށް އުނި އަޅާނަމަ މިކަމަށް ކޮންމެވެސް ހައްލެއް ލިބިދާނެ ކަމަށް އެ ކްލަބުން ބުނެ އެވެ.
