ޕީޓީއޭގެ ނައިބް ރައީސަކަށް ނާޒް

ނާޒްނީނާ ޔޫސުފް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕީޓީއޭ) ގެ ނައިބް ރައީސްގެ މަގާމަށް އޭދަފުށީ ކައުންސިލުގެ މިދިޔަ ދައުރުގެ ރައީސް ނާޒްނީނާ ޔޫސުފް (ނާޒް) އިންތިހާބުވެވަޑައިގެންފި އެވެ.

ނާޒް، އެ މަގާމަށް އިންތިހާބުކުރީ އެ ޖަމިއްޔާގެ ނައިބް ރައީސް ހޮވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ހުރިހާ ކްލާސް މަންދޫބުންގެ އިއްތިފާގުންނެވެ. ޕީޓީއޭގެ ގަވައިދުގައިވާ ގޮތުން އެ ޖަމިއްޔާގެ ރައީސަކީ އެވަގުތަކު ސްކޫލު ހިންގަން ހުންނަ އެންމެ އިސްވެރިޔާ އެވެ. ޕީޓީއޭގެ ސެކްރެޓަރީއަކަށް އިންތިހާބުކުރީ ނަޖްލާ އިބްރާހީމް އެވެ.

ޕީޓީއޭގެ ނައިބު ރައީސާ އާއި ހިންގާ ކޮމެޓީއަށް މެންބަރުން އިންތިހާބު ކުރަނީ، އެ ޖަމިއްޔާގެ ކްލާސް މަންދޫބުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޕީޓީއޭ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޕީޓީއޭގެ ރައީސް އަދި ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ ސްކޫލަށް ދިރުން ގެނެސްދޭނީ އެ ސްކޫލެއްގެ ޕީޓީއޭ ހަރަކާތްތެރިވާ ވަރަކުން ކަމަށެވެ.

އެގޮތުން ޕީޓީއޭއަކީ ހަމައެކަނި ފަންޑް ރައިސިން ޕްރޮގްރާމް ހިންގާ ބަޔަކަށް ނުވެ، އެހެން ސްކޫލުތަކުން ނުހިންގާ ކަހަލަ އާ ވިސްނުންތަކަކަށް ގޮސް، އާ އީޖާދުތަކެއް ކުރުމަށް ރަފީއު އެދިވަޑައިގެންނެވި އެވެ.

ޕީޓީއޭގެ ހިންގާ ކޮމެޓީ އަށް އިންތިހާބުކުރި އިތުރު މެންބަރުން

ޝާހިދާ ހުސައިން، ގުލްބަކާގެ/ބ.އޭދަފުށި
އާއިޝަތު އިޝާ، ފުއްތަރު/ބ.އޭދަފުށި
އާމިނަތު ރިޝްތާ، ގަނދަކޯޅިމާގެ/ބ.އޭދަފުށި
ޒާހިޔާ އިބްރާހީމް، ރަންގަލި/ބ.އޭދަފުށި
ޝާފިޔާ އަހުމަދު، އަލިވާގެ/ބ.އޭދަފުށި
ދިލްމާ އަބްދުއްރައްޒާޤު، އޯކިޑްވިލާ/ބ.އޭދަފުށި
ޝާއިލާއަބްދުއްރަހުމާން، ލަކީސްޓަރ/ބ.އޭދަފުށި
ހައްވާ ނަހުލާ، ނިރޮޅު/ބ.އޭދަފުށި
މައުސޫމާ ހުސައިން،ފަހިވައި/ބ. އޭދަފުށި
ޒީމާ އިބްރާހީމް، އަމަން/ބ.އޭދަފުށި
ފާތިމަތު ޢަބްދުއްރަޙްމާން، މޫސުން ރަބީޢު/ބ.އޭދަފުށި
މަރިޔަމް ނަސީމާ، ނޫމަރާގެ/ބ.އޭދަފުށި
ނިއުމާ އަޙުމަދު ދީދީ، ފެހިވިނަ/ބ.އޭދަފުށިު
ފާތިމަތު އާސިފާ، ދިރޭލާލުގެ /ބ.އޭދަފުށި
އައިޝަތު އިބްރާހީމް، ދިރިމާގެ/ބ.އޭދަފުށި
އާއިޝަތު ޝަހީލާ، ޝިކާރު/ބ.އޭދަފުށި

ޕީޓީއޭގެ ދައުރަކީ އެއް އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.