މުވާސަލާތީ އެންމެ ބޮޑު ކުންފުނި، ދިރާގަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 897 މިލިޔަން ރުފިޔާ ބެހުމަށްޓަކައި ހިއްސާދާރުންނަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ ދިރާގުގެ ބޯޑުގެ ނިންމުމާއެކު މި ފަހަރުގެ ބައްދަލުވުމުގައި ހިއްސާއަކަށް 11.81ރ. ބަހަން ހުށަހަޅާނެ އެވެ.
މިދިޔަ އަހަރުގެ މެދު ތެރޭގައި ލިބުނު ފައިދާ އިން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.96ރ. ބެހި އިރު، އަހަރުގެ ހާއްސަ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 5.85ރ ހިއްސާދާރުންނަށް ބެހުމަށް އާއްމު ޖަލްސާއަށް ހުޅަހަޅަން ވަނީ ނިންމައިފަ އެވެ.
ދިރާގުން ބުނީ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ މިދިޔަ އަހަރުގެ އާންމު ޖަލްސާ އަށް އިއުލާން ކުރާ “ބުކް ކޯލްޝާ ޑޭޓް” ގައި ކުންފުނީގެ ރަޖިސްޓްރީގައި ލިސްޓް ކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.