އެކުވެރިކަމުގެ މެޗަކަށް ވެޓަރަންސް ޓީމު މާލެ އަށް

އޭދަފުށީ ވެޓަރަންސް ފުޓްބޯޅާ ޓީމުން މާލޭ ވެޓަރަންސް ފުޓްބޯޅާ ޓީމާއެކު އެކުވެރި ކަމުގެ މެޗެއް ކުޅުމަށް މާލޭދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭދަފުށީ ވެޓަރަންސް ޓީމުގެ މެނޭޖަރު އަހްމަދު ނާސިރު ބުނި ގޮތުގައި މިމެޗު ޝެޑިއުލުކޮށްފައި ވަނީ އަންނަ މަހުގެ ފަހުކޮޅަށެވެ. މެޗަށް ތައްޔާޜުވުމުގެ ގޮތުން މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ތީމު ޕްރެކްޓިސް ކުރަމުން އަންނަކަމަށް ވެސް ނާސިރު ބުންޏެވެ.

އަހްމަދު ނާސިރު ބުނީ މިމެޗަކީ 2019 ވަނަ އަހަރު މެލޭޝިޔާގައި އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިސްސިލާކޮށް އޭދަފުށީ ޓީމުން ކުޅެމުން އަންނަ މެޗްތަކުގެ ތެރެއިން މެޗެއް ކަމަށެވެ. އަދި ކުރިޔަށް އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ޓީމްގެ ފަރިތަކުރުންތައް ފެށިފައިވާކަމަށެވެ.

އޭދަފުށީ ވެޓްރަންސް ކްލަބާއި މޯލްޑިވްސް ސޮކާ މޭޓްސް ކުޅުނު މެޗުގެ ތެރެއިން

ނާސިރު ބުނީ، މި މެޗުގައި ވެސް އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިންނާއި ދާދިފަހުން ސީނިއާ ޓީމުން ރިޓަޔާ ކުރި އަބްދުލްމަޖީދު (މަޖިއްޓޭ) ފެންނާނެ ކަމަށެވެ.

އޭދަފުށީ ވެޓަރަންސް ޓީމުން ވަނީ މިދިޔަ އަހަރު މޯލްޑިވްސް ސޮކާ މޭޓްސް އާ އެކު އޭދަފުށީގައި އެކވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ. އޭދަފުށީގެ އަތްދަށުނުވެ ސޮކާ މޭޓްސް އެ މެޗުން ސަލާމަތްވީ ކިރިޔާއެވެ.
އޭގެ އިތުރުން ރަށުން ބޭރުގައި ކުޅުނު ފަސް މެޗުވެސް އެ ޓީމު ވަނީ ކާމިޔާބުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.