ނަފްސާނީ ބަލިތަކަށް ހާއްސަ ކޭމްޕެއް އޭދަފުށީގައި ބާއްވަނީ

ރާއްޖޭގައި މިހާރު ގިނަ ބަޔަކު ތަހައްމަލްކުރަމުން އަންނަ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން އުނދަގޫވުމަކީ އެތައް ބަޔަކު ވޭނެކެވެ. އެފަދަ މައްސަލަތަކާ މެދު ހޭލުންތެރިކުރެވިފައި ނެތުމުން ބަލީގެ ހަގީގަތް ދެނެގަނެވޭއިރު އޮންނަނީ ހާލަތު މާ ގޯސްވެފަ އެވެ. ޑޮކްޓަރަކަށް ދެއްކުން އެހާ އުނދަގުލެވެ.

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކށް ވީހާވެސް ކައިރިން މިފަދަ ހިދުމްތަތައް ދިނުމުގެ ގޮތުން އޭދަފުށީ މެޑިކަލް ސެންޓަރުގައި މިމަހު ފަހުކޮޅު ހާއްސަ ކޭމްޕެއް ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ.

އެ ސެންޓަރުން ބުނި ގޮތުގައި މި ކޭމްޕްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ މީހުން ބައްލަވާނީ މިފަދަ ބަލިތަކަށް ފަރުވާ ދޭ މަޝްހޫރު ޑޮކްޓަރު އާރިފް މުހައްމަދު އެވެ. އާރިފް އެ ސެންޓަރުގައި ބަލިމީހުން ބައްލަވާނީ ފެބްރުއަރީ 22، 23 އަދި 25 ގަ އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ޚާއްސަ ކަންތައްތަކުގެ ތެރޭގައި ހަނދާންނެތުން، މާޔޫސްވުން، ހާސްވުން ބިރުގަތުން، ޑްރަގް އެޑިކްޝަން އަދި ނިދަން އުނދަގޫވުން ފަދަ ކަންތައްތައް ހިމެނެ އެވެ.

މީގެ އިތުރުން ބައްޔެއް ނުފެންނަ ޖިސްމާނީ އުނދަގޫތަކާއި ކުޑަކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކަށް ވެސް ފަރުވާދެއްވާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ބޭފުޅުން ފަރާތްތަކުން 7243311، 9631111 އާ ގުޅުއްވައި ނަންނޯޓް ކުރުމަށް ވެސް އެ ސެންޓަރުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.