4ޖީ ސިމާއި ފޯނަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުން 4ޖީ ސިމާއި ފޯނުގެ އަގު ހެޔޮކޮށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ދިރާގުން ބުނީ 4ޖީ ސިމް ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ ދިރާގު 2ޖީ އަދި 3ޖީ ސިމް ގެންގުޅޭ ފަރާތްތަކަށް ހިލޭ 4ޖީ ސިމް އަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި މިގޮތަށް ހިލޭ 4ޖީ ސިމް ނަގާފަރާތްތަކަށް ދެ މަސް ދުވަހަށް ކޮންމެ މަހަކު ދެ ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ.

ދިރާގުގެ މަގުސަދަކީ ޓެކްނޮލޮޖީގެ ޒަރީއާއިން ދިވެހިންގެ ދިރިއުޅުމަށް ފަހިކަމާއި ފާގަތި ގެނައުން ކަމަށްވާތީ، މި ޓެކްނޮލޮޖީގެ މަންފާ ގިނަ ބަޔަކަށް ތަސައްވަރު ކުރެވޭނެ ގޮތަށް ރަނަގަޅު ފެންވަރުގެ 4ޖީ މޯބައިލް ފޯން ހެޔޮ އަގުގައި ލިބޭނެ ޕްރޮގްރާމެއް ވެސް ވަނީ ފަށާފަ އެވެ.

މި ޕްރޮމޯޝަންގައި ފޯން ގަންނަ ފަރާތްތަކަށް ހިލޭ ޑޭޓާ އަދި ބިލް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ އެކުންފުނިން ފަށާފައެވެ. އޭގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕްރޮމޯޝަނެއް ވެއެވެ. ސެމްސަންގް ފަދަ ރަނގަޅު ބްރޭންޑް ތަކުގެ މެދުފަންތީގެ ފޯން މި ޕްރޮމޯޝަންގެ ދަށުން 1500 ރުފިޔާ އާއި 3499 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ގަންނަން ލިބޭނެއެވެ. އަދި ޕޯސްޓްޕެއިޓްގައި ބިލް ޑިސްކައުންޓް 40 ޕަސެންޓް އާއި 50 ޕަސެންޓް ދެމެދުން ލިބޭ އިރު ގަންނަ ކޮންމެ ފޯނަކުން ވެސް ދެ ޖީބީގެ ޑޭޓާ ވެސް ހިލޭ ލިބޭނެ އެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހިލޭ ދެ ޖީބީގެ ޑޭޓާގެ އިތުރުން ގަންނަ ކްރެޑިޓް ދެ ގުނައަށް މި ފޯން ޕްރޮމޯޝަންގެ ދަށުން ބޮޑުވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.